ދިރާގުގެ ހިއްސާދާރުންގެ ޑިވިޑެންޑް ޓެކުހުގެ ގަވާއިދުތަކާ އެއްގޮތަށް
ދޫކުރަން ހިއްސާދާރުންގެ 'ޓެކްސް ރެޒިޑެންސީ ސްޓޭޓަސް' (ޓެކްސް
ދައްކަންޖެހޭ ގައުމު)ގެ މައުލޫމާތު ރަނގަޅުތޯ ބެލުމަށް ފަހު، އެ މައުލޫމާތު
އަޕްޑޭޓްކުރަން އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު (ގާނޫނު ނަންބަރު 25/2019) ގެ 55ވަނަ މާއްދާގެ
(ހ) ގެ (4) ވަނަ ނަންބަރުގައިވާ ގޮތުގެ މަތިން، ރާއްޖޭގެ ޓެކްސް
ރެޒިޑެންޓުން ނޫން ފަރާތްތަކަށް ދޭ ފައިދާއިން 10 ޕަސެންޓުގެ ރޭޓުން 'ނޮން-ރެޒިޑެންޓް
ވިތުހޯލްޑިން ޓެކްސް' އުނިކުރަންޖެހެ އެވެ. އަދި ފައިދާ ދޫކުރާ ވަގުތު
އެއީ ރާއްޖޭގެ ޓެކްސް ރެޒިޑެންޓެއްކަން ކުންފުންޏަށް ކަށަވަރު ނުކުރެވޭ ނަމަ، އެ
ގާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ދައްކަންޖެހޭ
ޓެކްސް އުނިކުރުމަށް ކުންފުންޏަށް ލާޒިމުކުރެ އެވެ.

އެހެންވެ، ޓެކްސް ރެޒިޑެންސީ މައުލޫމާތު އަޕްޑޭޓްކުރަން ބޭނުންވާ ހިއްސާދާރުން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީ (އެމްއެސްޑީ) ގެޕޯޓަލް މެދުވެރިކޮށް، ނުވަތަ، 'ޝެއާހޯލްޑާ އިންފޮމޭޝަން ފޯމު' ފުރިހަމަކުރުމަށްފަހު[email protected]އަށް އީމެއިލް ކުރަން އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.