ކޮއްކޮގެ ގަބުރު ބައިސްކަލެއްގައި އުފުލައިފި
ކޮއްކޮގެ ގަބުރު ބައިސްކަލެއްގައި އުފުލައިފި

އިންޑިއާގައި، އިންޖީނު ލީ ވެހިކަލް ނުދުއްވޭ ހިސާބެއްގައި އޮތް އަވަށެއްގެ ޒުވާނަކު އޭނާގެ ކޮއްކޮގެ ގަބުރު އެހެން އަވަށަކަށް ގެންދަން ބައިސްކަލެއްގައި އެ ގަބުރު އުފުލައިފި އެވެ.

ކޮއްކޮގެ ގަބުރު ބައިސްކަލެއްގައި އުފުލައިފި
ކޮއްކޮގެ ގަބުރު ބައިސްކަލެއްގައި އުފުލައިފި

އުމުރުން 18 އަހަރުގެ ފިރިހެން ކޮއްކޮގެ ހަށިގަނޑު ބައިސްކަލެއްގައި ބަނދެގެން އުފުލި ނަމަވެސް އެކަން ކޮށްފައި ވަނީ ސަރަހައްދުގެ އޮފިޝަލުން ބުނި ގޮތުގައި ދުއްވާ އެއްޗެއްގެ އިންތިޒާމް ހަމަޖައްސައިދޭން މަސައްކަތްކުރަމުން އަންނަނިކޮށެވެ.

އާސާމްގައި ހިނގި މި ހާދިސާގެ މަންޒަރު ވީޑިއޯކޮށް އިންޑިއާގެ ނިއުސް ޗެނަލަކުން ދެއްކުމާ ގުޅިގެން އެ ސަރަހައްދުގެ ޗީފް މިނިސްޓަރު މިހާރު ވަނީ މިކަން ހިނގި ގޮތުގެ ތަހުގީގެއް ފަށަން އަމުރު ކުރައްވާފަ އެވެ.

ޑިމްޕަލް ދާސް މަރުވީ ބަލިވެގެން ސިޓީ ހޮސްޕިޓަލަށް ގެންދިޔަތާ އެއް ދުވަސް ފަހުންނެވެ. އޭނާގެ ހަށިގަނޑު ގެންދަން ބޭނުންވީ، އޭނާ ނިސްބަތްވާ ބަލީޖާން އަވަށަށް ނަމަވެސް އެ އަވަށަށް ދާން ވެހިކަލަށް ދަތުރު ކުރެވޭ ކަހަލަ ލިންކް ރޯޑެއް ނޯވެ އެވެ. އެ އަވަށާ ޖެހިގެން އޮންނަ އަވަށަށް ދާން އޮނުން ތައްޔާރުކޮށްފައި އޮންނަ ފާލަމެއް އޮވެ އެވެ. ކުއްޖާ ބަލިވުމުން ހޮސްޕިޓަލަށް ގެންދިޔައީ ވެސް އަދި މަރުވުމުން އަވަށަށް ގެންދިޔައީ ވެސް މި ބަލި ފާލަންމަތިން ބައިސްކަލުގަ އެވެ.

މިދިޔަ އަހަރު އިންޑިއާގައި ވަނީ މަރުވި މީހަކު އަވަށަށް ގެންދާނެ އެމްބިއުލާންސެއް ނުލިބިގެން މީހަކު އޭނާގެ ކޮނޑުމަތީގައި އަނބިމީހާގެ ގަބުރު ވެސް އުފުލައިފަ އެވެ.