އެޕަލް ކުންފުނީގެ އާ ސީއީއޯ ޖޯން ޓާނަސް އިސްކޮށް ހުންނަވައިގެން ބޭއްވި ފުރަތަމަ ބޮޑު ކީނޯޓް އިވެންޓް "ސަޕްރައިޒް އެންޑް ޝައިން" ގައި މިރޭ އައިފޯން 18 ޕްރޯ އާއި ފުރަތަމަ ފަތްޖެހި އައިފޯން ދައްކާލައިފި އެވެ.

މިރޭގެ އިވެންޓުގައި އެންމެ ބޮޑު ސަމާލުކަމެއް ލިބުނީ މުޅިން އަލަށް ދައްކާލި އެޕަލްގެ ފުރަތަމަ ފަތްޖެހި ފޯނު "އައިފޯން ޑުއޯ" އަށެވެ. އައިފޯންގެ އެންމެ ބޮޑު ސްކްރީނަކާ އެކު ނެރުނު މި ފޯނަކީ އެޕަލްގެ ތާރީހުގައި ވެސް ނެރުނު އެންމެ ތުނި އަދި އެންމެ އަގުބޮޑު ފޯނެވެ.

މީގެ އަގު ފެށެނީ 1،999 ޑޮލަރުންނެވެ. 

ފަތްޖެހި ފޯނުގައި ލިބޭނީ "ސްޓާ ވައިޓް" އަދި "ނައިޓް ސްކައި" ކުލަ އެވެ.

މީގައި އެޕަލް ޕެންސިލް ބޭނުންކުރެވޭ ގޮތް ވެސް މި އަހަރު ހަދާނެ އެވެ. 

މީގެ ބޭރުގައި 5.4 އިންޗީގެ ކަވަރު ސްކްރީނެއް ހިމެނެ އެވެ. ފޯނު ހުޅުވާލުމުން ފެންނާނީ 4:3 އެސްޕެކްޓް ރޭޝިއޯއެއް އެކުލެވޭ، މެދުކެނޑުމެއްނެތް ބޮޑު 7.6 އިންޗި އާއި 7.8 އިންޗިއާ ދެމެދުގެ ޑިސްޕްލޭއެކެވެ.

މި ޑިވައިސް ހުޅުވާލުމުން އޭގެ ފުޅާމިނުގައި ހުންނަނީ އެންމެ 4.5 މިލިމީޓަރެވެ. އަދި ސްކްރީން އެކީގައި ލެނބޭތަން ކުޑަކުރުމަށާއި، ވަރުގަދަކަން އިތުރުކުރަން ބޭނުންކޮށްފައިވަނީ ލިކުއިޑް-މެޓަލް މެގްނެޓިކް ހުޅެކެވެ.

އައިފޯން ޑުއޯގައި ފިޒިކަލް ސިމެއް ބޭނުމެއް ނުކުރެވޭނެ އެވެ. 

މީގެ އިތުރުން، އާ އޭ20 ޕްރޯ ޗިޕާ އެކު އައިފޯން 18 ޕްރޯ އަދި ޕްރޯ މެކްސް ވެސް ވަނީ ދައްކާލައިފަ އެވެ. މި ފޯނުތަކުގެ ބެޓެރީ ލައިފަށް ބޮޑު ބަދަލެއް ގެނެސްފައިވާއިރު، ޕްރޯ މެކްސް މޮޑެލް އިން 45 ގަޑިއިރަށް ވީޑިއޯ ޕްލޭބެކް ލިބޭނެ ކަމަށް އެޕަލް އިން ބުންޏެވެ. އަދި ކެމެރާ ސެޓިންގްސް އަށް ގެނެވުނު މެކޭނިކަލް ވޭރިއަބަލް އެޕަޗާގެ ސަބަބުން ޕްރޮފެޝަނަލް ފޮޓޯގްރަފީއަށް އާ ދޮރެއް ވަނީ ހުޅުވިފަ އެވެ.

އެޕަލްގެ އާ އުފެއްދުންތަކާ ބެހޭ ގޮތުން އާ ސީއީއޯ ޖޯން ޓާނަސް ވާހަކަ ދައްކަވަނީ.

އެޕަލްގެ އާ އުފެއްދުންތަކާ ބެހޭ ގޮތުން އާ ސީއީއޯ ޖޯން ޓާނަސް ވާހަކަ ދައްކަވަނީ.

މިއަހަރުގެ ޕްރޯ މޮޑެލްތަކުގައި ހިމަނާފައިވަނީ އެޕަލްގެ އެންމެ ބާރުގަދަ އޭ20 ޕްރޯ ޗިޕެވެ. އަދި 48 މެގަޕިކްސެލްގެ ވެރިއަބަލް އެޕެޗާ ކެމެރާ ސިސްޓަމަކާ އެކު ބެޓެރީގެ ލައިފް ވަރަށް ބޮޑަށް ވަނީ އިތުރުކޮށްފަ އެވެ. އަދި ވީޑިއޯ ރެކޯޑްކުރާއިރު ވަކި އޮބްޖެކްޓަކަށް ލޮކް ކޮށްލުމުން މުޅި މަންޒަރުގައި އެ އޮބްޖެކްޓަކަށް ފޯކަސް ބެހެއްޓުމަށް އޭއައިގެ އެހީ ލިބޭނެ އެވެ. 

މި ފޯނުތަކުގެ ބެޓެރީ 20 މިނެޓް ތެރޭ ސުމަކުން 50 ޕަސެންޓަށް ޗާޖުވާނެ އެވެ. 

މީގެ އިތުރުން މިއީ ދެ ފޯނުގައި އެއް ފޯން ނަންބަރެއް ބޭނުންކުރެވޭ އުފެއްދުމެކެވެ. އެކަމަކު މި ހިދުމަތް ލިބޭނީ ވަކި ސާވިސް ޕްރޮވައިޑާތަކެއް މެދުވެރިކޮށެވެ. 

އާ އައިފޯން 18 ޕްރޯ ސީރީޒްގެ ފޯނުތަކަށް ޕްރީ-އޯޑަރު ކުރުން މި އަންނަ ހޮނިހިރު ދުވަހު ފެށޭނެ ކަމަށާއި، ރަސްމީކޮށް ބާޒާރަށް ނެރޭނީ މި މަހުގެ 18 ގައި ކަމަށް އެޕަލް އިން ވަނީ އިއުލާނުކޮށްފަ އެވެ.

އެޕަލް 18 ޕްރޯގެ ފެށޭ އަގަކީ 1،199 ޑޮލަރެވެ. އަދި 18 ޕްރޯ މެކްސްގެ ފެށޭ އަގަކީ 1،299 ޑޮލަރު އެވެ. 

އެޕަލް 18

އެޕަލް 18

މީގައި ހިމެނޭ ނެކްސްޓް-ޖެން އެޗް3 ޕްރޮސެސިން ޗިޕުގެ ސަބަބުން 30 ޕަސެންޓް މަދުން ކަރަންޓު ބޭނުންކުރާ ނިޒާމެކެވެ. މިއީ ސްޓޭންޑަޑް އޯޕަން-އިއަ މޮޑެލްގެ އިތުރުން، ކަންފަތަށް ލައްވާ ޓިޕާ ނުލައި އެކްޓިވް ނޮއިޒް ކެންސެލޭޝަން (އޭއެންސީ) ބޭނުންކުރެވޭ ވަކި ޓިއައެއްގައި ވެސް ލިބެން ހުންނަ އުފެއްދުމެކެވެ.

އެއާޕޮޑްސް 5 ގައި ނޮއިސް ކެންސަލޭޝަން އެންމެ ފަހުގެ އެއާޕޮޑްސްއާ އަޅާބަލާއިރު 50 ޕަސެންޓް އިތުރެވެ. ޗާޖިން ކޭސް ކުޑަކޮށް ހަދާފައިވާ މީގެ އަގަކީ 149 ޑޮލަރެވެ. 

އަދި މިހާރު ހުރިހާ އެއާޕޮޑްސްއެއްގައި ވެސް ނޮއިސް ކެންސަލޭޝަން ހިމެނޭނެ އެވެ. 

މިރޭ ދައްކާލި އެޕަލް ވޮޗް ސީރީޒް 12 އަދި އެޕަލް ވޮޗް އަލްޓްރާ 4 ގައި ވޮއިސް ރިކޮގްނިޝަންއާ އެކު އޯޑިއޯ އިންޓެލިޖެންސް ހިމަނައި، 15 ސިކުންތު ކުރީގެ އަޑުތައް އަލުން އަހައިލެވޭނެ އެވެ. 

މިއަދުން ފެށިގެން ޕްރީ-އޯޑަރަށް ހުޅުވާލާފައިވާ މި އުފެއްދުން ވެސް މި މަހުގެ 18 ގައި ބާޒާރަށް ނެރޭނެ އެވެ.