މާލޭގައި ހިނގި އެކްސިޑެންޓެއްގައި އުމުރުން ދުވަސްވީ ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
މާލޭގެ ބޮޑުތަކުރުފާނުމަގުގައި މިއަދު ހަވީރު އެކްސިޑެންޓެއް ހިނގީ ދަރުބާރުގެ ކައިރީ ބަހަކާއި ސައިކަލެއް ޖެހިގެންނެވެ.
މިއަދު ހަވީރު 17:10 އެހައިކަންހާއިރު ހިނގި އެކްސިޑެންޓްގައި ސައިކަލުގައި ދުއްވަންއިން 69 އަހަރުގެ ދިވެހި ފިރިހެނަކަށާއި ސައިކަލު ފަހަތުގައި އިން 72 އަހަރުގެ ދިވެހި އަންހެނަކަށް އަނިޔާވެފައިވެ އެވެ. ނަމަވެސް އެމީހުންނަށް ސީރިއަސް އަނިޔާއެއް ވެފައިނުވާ ކަމަށް ފުލުހުން ބުންޏެވެ.
ހުޅުމާލޭގައި ވެހިކަލް ގިނަވުމާއި މަގުމަތީގެ ގަވާއިދުތަކާ ހިލާފަށް ދުއްވުމާއި ޕާކިންގެ ހަމައެއް ލަމައެއް ނެތުމުގެ ކަންބޮޑުވުން އިތުރުވެފައި ވާއިރު، އެކްސިޑެންޓުތައް ވެސް ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ.
ހުޅުމާލެ ދޭއްގެ ވިނަރެސް ހަތެއްގެ ކައިރީގައި މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެކްސިޑެންޓު ހިނގައި، އުމުރުން ނުވަ އަހަރުގެ ކުއްޖަކު ވަނީ ނިޔާވެފަ އެވެ. އަދި ހިޔާ ފްލެޓް ސަރަހައްދުގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި އުމުރުން ދުވަސްވީ މީހަކަށް އައިސީޔޫގައި ދަނީ ފަރުވާދެމުންނެވެ.