19 އެޕްރީލް 2017 - 16:22

ވެލިގާ ހާޑްވެއާގެ އަހަރީ ދުވަހާ ގުޅިގެން ބޭއްވި ޕްރޮމޯޝަނުން އެއް ވަނަ އަށް ދިޔަ ފަރާތަށް އައިފޯން ރެޑް ސްޕެޝަލް އެޑިޝަން ފޯނެއް އިއްޔެ ދީފި އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ހާޑްވެއާގެ ވިޔަފާރިކުރާ ކުންފުނިން ހިންގި އެ ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ހޮވުނީ ފާތިމަތު ޔޫހާ އެވެ.
ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ނޫސްވެރިންގެ ހާޒިރުގައި ޑިޖިޓަލް ސިސްޓަމެއް ބޭނުންކޮށްގެންނެވެ.
ވެލިގާ އިން އެ ޕްރޮމޯޝަން ކުރިޔަށް ގެންދިޔައީ ފޭސްބުކް ޕޭޖާއި ޓްވީޓާގައި ލައިކްކޮށް، ޝެއާކޮށް އަދި ރައްޓެހިން ޓެގްކޮށްގެން ހުރިހާ އެންމެންނަށް ވެސް ބައިވެރިވެވޭ ގޮތަށެވެ.
ވެލިގާ އަކީ 2008 ވަނަ އަހަރުން ފެށިގެން ތަފާތު އެކި ވައްތަރުގެ ހާޑްވެއާ ސާމާނު ވިއްކަމުން އަންނަ މަޝްހޫރު ކުންފުންޏެކެވެ. އާއްމުންނަށް ދެމުން އަންނަ ހިދުމަތުގެ ފެންވަރު ރަނގަޅުކުރަން ފާއިތުވި އަހަރުތަކުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަން އެ ކުންފުނިން ބުނެ އެވެ.
ރާއްޖޭގެ ހާޑްވެއާ ވިޔަފާރީގެ ކުރީ ސަފުގައި ގުނާލެވޭ އަދި އާއްމުންގެ އިތުބާރު ލިބިފައިވާ މި ކުންފުނީގެ ފަސް ފިހާރަ މިހާރު ވަނީ ހުޅުވައިފަ އެވެ.