ހުޅުމާލެ 2 ގައި ހުންނަ ސްޓެލްކޯގެ ފްލެޓަކުން މިއަދު ހެނދުނު ދެ އަހަރުގެ ކުއްޖަކު ވެއްޓި މަރުވެއްޖެ އެވެ.
ހުޅުމާލޭ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ އިމާރާތަކުން ވެއްޓިގެން އެ ހޮސްޕިޓަލަށް ގެންދިޔަ އެ އަންހެން ކުއްޖާ އޮތީ އެ ތަނަށް ގެންދިޔައިރު ވެސް މަރުވެފައި ކަމަށެވެ.
އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
ނަމަވެސް އެނގިފައިވާ ގޮތުގައި ކުއްޖާ ވެއްޓުނީ ސްޓެލްކޯ 12 ވަނަ ފްލޯގެ އެޕާޓްމަންޓަކުންނެވެ.