ފާއިތުވި 24 ގަޑިއިރު ދުނިޔެއާ އެކަހެރިވެގެން ހުރެ އޭނާގެ ހުރިހާ ސަމާލަުކަމެއް ހުސްކޮށްލީ އެސްޓަން ވިލާއާ ދެކޮޅަށް ރޭ އާސެނަލުން ކުޅުނު މެޗަށް ކަމަށް، ކޯޗު މިކެލް އާޓާޓާ ބުނެފި އެވެ.
މެޗަށް ވިސްނައި ފިކުރު ކުރުމަށް އޭނާ ދިން އިސްކަމުގެ ފައިދާ ނަތީޖާއިން ފެނުނުނެވެ. ވިލާ ޕާކުގައި ކުޅުނު މެޗު ބުކަޔޯ ސަކާގެ ލަނޑުން އާސެނަލުން ކާމިޔާބު ކުރީ 1-0 ންނެވެ.
މިދިޔަ ސީޒަނުގައި، ހަމަ އެ ދަނޑުގައި ވިލާއާ ދެކޮޅަށް ކުޅުނު މެޗުން އާސެނަލް ބަލިވީ 2-1 ންނެވެ. މިދިޔަ ޑިސެމްބަރު މަހު ކުޅުނު އެ މެޗުން ބަލިވުމުން، ލީގުގެ ރޭސް އާސެނަލަށް ގެއްލިދާނެކަމުގެ ބިރު ވެސް ހީވި އެވެ.
"އެ މެޗުން ބަލިވުމުން ކުޅުންތެރިން ދަނޑުމައްޗަށް ވެއްޓިފައި ތިބި މަންޒަރަކީ ހަނދާންނައްތާލަން އުނދަގޫވި މަންޒަރެއް. ތަށި ހޯދުމުގެ އުންމީދުގައި ކުރިއަށްދާއިރު މިފަދަ އުނދަގޫ މެޗުތަކުން މޮޅުވުމަކީ ޓީމަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއް،" މެޗަށްފަހު ވާހަކަދައްކަމުން އާޓެޓާ ބުންޏެވެ.
އެ މެޗުގެ ނަތިޖާއިން، އެންމެ ފަހުގެ ޗެމްޕިއަން ފިލާވަޅު ލިބިގަތީ އެވެ. މުޅި ދުނިޔެއާ އެކަހެރިވެގެން އޭނާ ހުރިހާ ސަމަލާުކަމެއް ދިނީ ރޭގެ މެޗަށެވެ
"އަހަރެންގެ ހުރިހާ ހަކަތައަކާއި ސަމާލުކަމެއް މެޗަށް ހުއްޓާލަންޖެހޭ ކަމަށް ގަބޫލުކުރެވޭތީ ފާއިތުވި 24 ގަޑިއިރު އަހަރެން ހުރީ މުޅި ދުނިޔެއާ [ފޯނާއި މުއާސަލާތުގެ ހުރިހާ ޓެކްނޮލޮޖީއަކާ ގުޅުން ކަނޑަލައި] އެކަހެރިވެގެން،" އާސެނަލްގެ ސްކޮޑަށް މި ޓްރާންސާފާ ބާޒާރުގައި އަންނާނެ ބަދަލުތަކަކީ ކޮބައިތޯ ސުވާލުރުމުމް، ރޭގެ މެޗަށް ފަހު އާޓެޓާ ބުންޏެވެ.
ޓީމުގެ ޓްރާންސްފާއާ ބެހޭގޮތުން އާޓެޓާ ބުނީ މިރޭގެ ނިޔަލަށް ކުޅުންތެރިން ސޮއި ކުރުވުމަށް އާސެނަލުން މަސައްކަތް ކުރާނެ ކަމަށެވެ. ހޫނު މޫސުމުގެ ޓްރާންސްފާ މާކެޓްގެ ފަހު ވަގުތަކީ މިރެ އެވެ.
އެތުލެޓިކޯ މެޑްރިޑްގެ ފޯވާޑް ހޫލިއަން އަލްވަރޭޒް، ސޮއި ކުރުވުމަށް އާސެނަލުން މަސައްކަތް ކުރަމުންދާ ކަމަށް ޓްރާންސްފާ ޚަބަރުތައް ބުނެ އެވެ.