މާލޭގައި މިދިޔަ ހަފުތާގައި ގޭސް ލީކުވެ، ސީރިއަސް ހާލަތަކަށް ދިޔަ ޒުވާނާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށް އޭޑީކޭ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.

ދިލްކުޝާ ގޯޅި (ސްކޫޕް ގޯޅި) ގައި ހުންނަ ގެއެއްގައި މިދިޔަ ބުރާސްފަތި ދުވަހު ގޭސް ލީކުވުމުގެ ހާދިސާގައި އުމުރުން 51 އަހަރުގެ އަންހެނަކާއި އޭނާގެ 19 އަހަރުގެ ދަރިފުޅު ޒަހަމްވި އެވެ.

ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އަންހެންމީހާ އޮތީ މަރުވެފަ އެވެ. އެކަމަކު، އޭނާގެ ދަރިފުޅުގެ ހާލު ސީރިއަސްވުމުން ޗެމްބަރުގައި ފަރުވާ ދިނުމަށް އެ ދުވަހު އައިޖީއެމްއެޗުން އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކުރި އެވެ. 

އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަފްއާލް "މިހާރު" އަށް މިއަދު ވިދާޅުވީ އެ އަންހެންމީހާ އެޑްމިޓުކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. އަދި ހާލު ވެސް ސްޓޭބަލް ކަމަށް އަފްއާލް ވިދާޅުވި އެވެ.

އެ ހާދިސާ ހިނގި ދުވަހު އެ ސަރަހައްދުން ވަރަށް ގަދައަށް ދުން ވަސް ދުވި ކަމަށް ބައެއް މީހުން ބުންޏެވެ. 

ނަމަވެސް، އެކަން ހިނގި ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.