ހުޅުމާލޭގައި އަލަށް މީހުން ދިރިއުޅެންފެށި އަމާން އުދަރެސް ޓަވަރަކުން އިއްޔެ ވެއްޓުނު ކުއްޖާގެ ހާލު ސްޓޭބަލް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން ބުނެފި އެވެ.

އަމާން އުދަރެސް 2ގެ 3 ވަނަ ފަންގިފިލާއިން އިއްޔެ ހެނދުނު ވެއްޓުނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެކެވެ. 

އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ކުއްޖާއަށް ސީރިއަސް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށާއި ހާލު ސްޓޭބަލް ކަމަށެވެ. ނަމަވެސް އަދި ވެސް އޮތީ ހޮސްޕިޓަލުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އެ ހާދިސާ ހިނގަން މެދުވެރިވި ގޮތުގެ ތަފްސީލެއް އަދި ނުލިބެ އެވެ.

ފުލުހުން ވަނީ މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފަ އެވެ.