އަމާން އުދަރެސްގެ ޓަވަރަކުން މިއަދު ކުއްޖަކު ވެއްޓިއްޖެ އެވެ.

ފުލުހުން ބުނީ އަމާން އުދަރެސް ޓަަވަރަކުން ކުއްޖަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ލިބިގެން ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. 

ފުލުހުން ބުނި ގޮތުގައި ކުއްޖާ ވެއްޓުނީ އުދަރެސް 2 ގެ 3 ވަނަ ބުރިންނެވެ.  މި ހާދިސާ ރިޕޯޓްކުރީ ހެނދުނު 11:35 އެހާއިރު ކަމަށާއި ވެއްޓިފައިވަނީ އުމުރުން 16 އަހަރުގެ ދިވެހި އަންހެން ކުއްޖެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. 

ހުޅުމާލޭ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް، "މިހާރު" އަށް ވިދާޅުވީ ޓަވަރަކުން ކުއްޖަކު ވެެއްޓިގެން މީގެ ކުޑައިރުކޮޅެއް ކުރިން އެ ހޮސްޕިޓަލަށް ގެނެސްފައިވާ ކަމަށެވެ. އަދި މިވަގުތު ޑޮކްޓަރުން ކުއްޖާއަށް އެޓެންޑްވަމުންދާތީ އިތުރު ތަފްސީލު އަދި ނުލިބޭ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ފުލުހުން ބުނީ މި ހާދިސާ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.