އިނގިރޭސި ޕްރެމިއަ ލީގުގެ ޕީއެފްއޭ އަދި އެފްޑަބްލިއުއޭގެ އަހަރުގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑު ހޯދި ބްރުނޯ ފެނާންޑޭޒް އޭނާގެ ވަރުގަދަ ނުފޫޒު، ހެޓްރިކަކަުން ދައްކާލައިފި އެވެ. 

މެންޗެސްޓާ ޔުނައިޓެޑުގެ ކެޕްޓަން ވަނީ ސީޒަނުގެ ފުރަތަމަ ހޯމް މެޗުގައި އިޕްސްވިޗް ޓައުންއާ ދެކޮޅަށް ކުޅެ 5-1 އިން ޓީމު މޮޅުވި މެޗު، އަނބުރާލުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ. 

މެޗުގެ ފުރަތަމަ ހާފުގައި އިޕްސްވިޗުން ވަނީ ޔުނައިޓެޑުގެ ދިފާއީ ބަލިކަށިކަމުގެ ފައިދާ ނަގައި، 29 ވަނަ މިނެޓުގައި ލީފް ޑޭވިސް ޖެހި ގޯލާުން ލީޑް ނެގި އެވެ. 

އެކަމަކު ފުރަތަމަ ހާފު ނިމެން އުޅެނިކޮށް އިޕްސްވިޗްގެ މާސެލީނޯ ނޫނޭޒަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، ބްރުނޯ ފޮނުވާލި ބާރު ހަމަލާއިން ޔުނައިޓެޑުން މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ.

މުޅި މެޗު ބަދަލުވެގެން ދިޔައީ ދެވަނަ ހާފުގަ އެވެ. އެ ހާފުގެ ފުރަތަމަ 12 މިނެޓު ތެރޭގައި ޔުނައިޓެޑުން ތިން ގޯލު ޖަހައި މެޗުގެ ކޮންޓްރޯލް މުޅިން ހޯދި އެވެ. މީގެ ތެރޭގައި ހެރީ މެގުއާ ޖެހި ބޯޅައަކުން އިޕްސްވިޗްގެ ޖޭކޮބް ގްރީ އަތުން ބައިކޮޅަށް ވަން ގޯލާއި، ބްރުނޯ ޖެހި ޕެނަލްޓީގެ އިތުރުން 66 ވަނަ މިނެޓުގައި އޭނާ ފުރިހަމަކުރި ހެޓްރިކް ހިމެނެ އެވެ.

ޔުނައިޓެޑުގެ ފަހު ގޯލު 82 ވަނަ މިނެޓުގައި ޖަހައި ދިނީ ބްރަޔަން އެމްބޫމޯއެވެ.

ކޯޗު މައިކަލް ކެރިކް މި މެޗަށް ނުކުތީ އޭގެ ކުރިން ކުރިމަތިލު މެޗުގައި ހަލް ސިޓީ އަތުން 2-0 އިން ބަލިވި ޓީމުގެ ފުރަތަމަ 11 އަށް ބަދަލެއް ގެނެސްގެންނެވެ. މާކަސް ރަޝްފޯޑް ވަނީ ގާތްގަނޑަކަށް ދެ އަހަރު ފަހުން ފަހުން ޔުނައިޓެޑްގެ ފުރަތަމަ 11 ގައި ކުޅެން ފުރުސަތު ދީފަ އެވެ. 

މީގެ ކުރިން ޔުނައިޓެޑްގެ ފުރަތަމަ 11 ގައި އޭނާ މެޗެއް ކުޅުނީ ޑިސެމްބަރު 2024 ގަ އެވެ. 

މެޗުގެ ފަހުކޮޅު އިޕްސްވިޗްގެ ޗުބާ އަޕްކޮމް  ގޯލެއް ޖެހި ނަމަވެސް، ޔުނައިޓެޑުން ވަނީ ތަފާތު ބޮޑު މޮޅެއް ހޯދާފަ އެވެ.