ލޮލުގެ ބަލިތަކަށް ހާއްސަ ހޮސްޕިޓަލް، އައިކެއާގެ ލޮލުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމާ އެ ދާއިރާގެ ތަޖުރިބާކާރު ޑޮކްޓަރެއް ކަމަށްވާ ޑރ. ސޯފިޔާ މަކަޖޫ
ގުޅިވަޑައިގެންފި އެވެ.
ޑރ. ސޯފިޔާއަކީ
ލޮލުގެ ބަލިތައް ދެނެގަތުމާއި، އެކި ބަލިތަކަށް ފަރުވާ ދިނުމުގެ އިތުރުން ލޮލުގެ
އޮޕަރޭޝަންތައް ކުރުމުގެ ފަންނީ ތަމްރީނާއި ތަޖުރިބާ ހުރި ޑޮކްޓަރެކެވެ. އެގޮތުން މަނީޕާލް ކޮލެޖް އޮފް މެޑިކަލް ސައިންސަސް އިން މާސްޓާ އޮފް ސާޖަރީ
(އެމްއެސް) އިން އޮފްތަލްމޮލޮޖީ ގެ އިތުރުން ނޭޕާލްގެ ޕޮކަރާގައި ހުންނަ
ހިމާލަޔަން އައި ހޮސްޕިޓަލުގައި 'ފެލޯޝިޕް އިން އެންޓީރިއާ ސެގްމަންޓް' ވެސް ވަނީ ފުރިހަމަކޮށްފަ އެވެ.
ޑރ. ސޯފިޔާ ވަނީ ކަތުމަންޑޫގެ ތިލްގަންގާ އިންސްޓިޓިއުޓް
އޮފް އޮފްތަލްމޮލޮޖީގެ ސަބްސްޕެޝަލިޓީ ދާއިރާތަކުން ތަޖުރިބާ ހޯދާފަ އެވެ. އަދި ހިމާލަޔަން އައި ހޮސްޕިޓަލުގެ ހާއްސަ ކްލިނިކްތަކާއި އޮޕަރޭޝަން
ތިއޭޓަރުތަކުގައި އަމަލީ ތަމްރީނުތައް ވެސް ވަނީ ފުރިހަމަ ކޮށްފަ އެވެ.
ލޮލުގެ ބަލިތަކުގެ
ތަމްރީނު ފުރިހަމަކުރުމުގައި އޭނާ ހާސިލް ކުރި ފުރިހަމަ ނަތީޖާގެ ސަބަބުން ޑރ.
ސޯފިޔާއަށް ވަނީ 'ޕްރޮފެސާ ޑރ. ރާމް ޕްރަސާދު ޕޮކަރޭލް (އާންކާ ބާ) އެންއޯއެސް
ވައިއޯ ބެސްޓް ރެސިޑެންޓް އެވޯޑް 2025' ވެސް ލިބިފަ އެވެ.
އައިކެއާއިން ބުނީ އެ ހޮސްޕިޓަލާ ޑރ. ސޯފިޔާ ގުޅުމަކީ ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ ވީހާވެސް
ގިނަ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް އައިކެއާއިން ކުރަމުން އަންނަ މަސައްކަތަށް
ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ.
އައިކެއާ ހޮސްޕިޓަލުން މިހާރު ވަނީ ޑރ. ސޯފިޔާއާ ކޮންސަލްޓުކުރުމަށް އެޕޮއިންޓްމަންޓު ހެދުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. އެ ހޮސްޕިޓަލުގެވެބްސައިޓުމެދުވެރިކޮށް އަދި 7201026 ނަމްބަރަށް ވައިބާ ނުވަތަ ވަޓްސްއަޕް މެދުވެރިކޮށް މެސެޖުކޮށްގެން އެޕޮއިންޓްމަންޓު ހެއްދޭނެ އެވެ.
ޑރ. ސޯފިޔާ
ކޮންސަލްޓު ކުރާނީ މާލޭގައި ހުންނަ އައިކެއާ ހޮސްޕިޓަލުގެ އިތުރުން ހުޅުމާލޭގައި ހުންނަ
އައިކެއާ ހޮސްޕިޓަލް އެނެކްސްގައެވެ.