ގާތްގަނޑަކަށް ފުރަތަމަ 30 މިނެޓް ތެރޭގައި ބްރައިޓަން ހޯވް އެލްބިއޯންއާ ދެކޮޅަށް، ޗެލްސީން މެޗު ފުރިހަމަ ކުރަން ފުރުސަތު ލިބުނެވެ.

ރޮމެއޯ ލަވިއާ، ޕެޑްރޯ ނެޓޯ އަދި ހެސޫސް ޖާއޯ ޕެޑްރޯ ޖެހި ލަނޑުތަކާ އެކު އަމިއްލަ ދަނޑުގައި ކުޅުނު ޗެލްސީން ތިން ލަނޑުގެ ލީޑެއް ނެގި އެވެ. އެ ޓީމުގެ އެޓޭކިން ގޭމް، ފުރަތަމަ 30 މިނެޓްގައި ފެނުނީ ވެސް އެހާ ފުރިހަމަކޮށެވެ. 

އާ ކޯޗު ޒަބީ އަލޮންސޯއަށް، ސްޓޭމްފޯޑް ބްރިޖުން މަރުހަބާ ކީ މެޗުގައި ފެނުނީ ބެޔާ ލެވަކޫސަންގައި އޭނާ ހޭދަކުރި ކާމިޔާބު ދެ އަހަރުގައި ފެނުނު ފަދަ އެޓޭކިން ގޭމެކެވެ.

އެކަމަކު  ބްރައިޓަންއިން ދެއްކި ހިތްވަރުގަދަ ކުޅުމާއި ޗެލްސީގެ ޑިފެންސަށް ހެދުނު ގޯސްތަކުގެ ސަބަބުން ލީޑު ގެއްލިދާނެކަމުގެ ބިރު ހީވި އެވެ.

ވަރުގަދަ އެޓޭކިން ގޭމެއް އަލޮންސޯ ބިނާ ކުރި ނަމަވެސް، ދިފާއީ ފާރުގައި ހުރި ބާގަނޑުތައް ނުބައްދައި އޭނާ އަށް ކުރިއަކަށް ނުދެވޭނެ އެވެ. އެސްޓަން ވިލާދޫކޮށް، އާޖެންޓީނާގެ އެއްވަނަ ކީޕަރު އެމީ މާޓިނޭޒް، ޗެލްސީ އަށް ސޮއި ކުރި ގޮތަށް އޭނާ ނުކުތީ މެޗަށެވެ.

އެކަމަކު ބައިކޮޅަށް ވަން ގޯލްތައް ހުއްޓުވުމުގައި އޭނާ އަށް ކާމިޔާބެއް ނުވި އެވެ. 

މާޓިނޭޒް ކަޓުވާލުމަށް ފަހު، މާލިކް ޔާލްކޫޔޭ ވަނީ ބްރައިޓަންއަށް ފުރަތަމަ ލަނޑު ޖަހައިދީފަ އެވެ. އަދި އޭގެ އިރުކޮޅެއްފަހުން ޕެޑްރޯ އަތުން ބައިކޮޅަށް ވަން ލަނޑާ އެކު، ޗެލްސީއަށް ލަދުވެތި ނަތީޖާއަކާ ކުރިމަތިލާން ޖެހިދާނެކަމުގެ ބިރު ހީވި އެވެ.

ޗެލްސީގެ އާ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބޯޅައެއް ދިފާއުކުރަނީ. އޭނާގެ ފުރަތަމަ މެޗުގައި ވެސް ބައިކޮޅަށް ތިން ލަނޑު ވަން --- ފޮޓޯ: އޭއެފްޕީ

ޗެލްސީގެ އާ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބޯޅައެއް ދިފާއުކުރަނީ. އޭނާގެ ފުރަތަމަ މެޗުގައި ވެސް ބައިކޮޅަށް ތިން ލަނޑު ވަން --- ފޮޓޯ: އޭއެފްޕީ

މި ސީޒަނުގައި ރަނގަޅު ފޯމެއްގައި ހުރި ކޯލޯ ޕާމާ، ޗެލްސީގެ ބިރު ކުޑަކޮށްދިނީ 74 ވަނަ މިނެޓްގައި ޖެހި ލަނޑުންނެވެ. ބްރައިޓަންގެ ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ޕާސްކާލް ގްރޯސް އެވެ.

ޗެލްސީ އަށް ހަނަި ނަތީޖާއަކުން ތިން ޕޮއިންޓް ކަށަވަރުވީ އެވެ. އެކަމަކު ޑިފެންސުން މިހަދާ ގޯސްތަކަކުން އެ ޓީމަށް ލީގު ހޯދުމުގެ ރޭހުގައި ވާދަކުރެވިދާނެތޯ ސުވާލު އުފެދެ އެވެ.