19 އެޕްރީލް 2017 - 14:30

ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމް ކޯޓަށް ހާޒިރު ކުރަން ފުލުހުން އޭނާ ހޯދަން ފަށައިފި އެވެ.
ނަދީމް ހޯދަން ފުލުހުން މިއަދު ހެނދުނު ވަނީ އޭނާ ދިރިއުޅުއްވާ މ. އެންދެރިމާގެއަށް ގޮސްފަ އެވެ. އެކަމަކު އެވަގުތު ނަދީމް އެ ގޭގައި ނޫޅުއްވަ އެވެ.
ނަދީމް ހޯދުމާ ގުޅޭ ގޮތުން ފުލުހުންގެ ބަހެއް ނުލިބުނެވެ.
އެނގިފައިވާ ގޮތުގައި ނަދީމް ހޯދަނީ ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށެވެ. އެއީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ނޭނގެ އެވެ.
ކޯޓަށް ހާޒިރުވާން އެންގުމުން ހާޒިރު ނުވެއްޖެ ނަމަ ނުވަތަ ކޯޓަށް ހާޒިރުވުމުގެ ޗިޓް ހަވާލު ނުކުރެވިއްޖެ ނަމަ އެ މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރަން އެންގުމުގެ ބާރު ކޯޓުތަކަށް އޮވެ އެވެ. ހުރިހާ ބާވަތެއްގެ މައްސަލަތަކުގައި ވެސް އެގޮތަށް ކޯޓުތަކަށް އަމަލު ކުރެވެ އެވެ.
ސަރުކާރާ ދެކޮޅު ހަރަކާތްތަކުގައި މިހާރަކަށް އައިސް ނަދީމް ބައިވެރިވެ ވަޑައިގަންނަވަ އެވެ.