ވިހަލަގޮނޑިއެއް ކެވިގެން ކުއްޖަކު މަރުވެއްޖެ
ވިހަލަގޮނޑިއެއް ކެވިގެން ކުއްޖަކު މަރުވެއްޖެ

މިދިޔަ ހޯމަ ދުވަހު އިތުރު ފަރުވާ އަށް މާލެ ގެންނަނިކޮށް ފްލައިޓް ތެރޭގައި މަރުވި ހދ. ފިނޭގެ ކުޑަ ފިރިިހެން ކުއްޖާ މަރުވީ ވިހަލަގޮނޑިއެއް ކެވިގެން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ވިހަލަގޮނޑިއެއް ކެވިގެން ކުއްޖަކު މަރުވެއްޖެ
ވިހަލަގޮނޑިއެއް ކެވިގެން ކުއްޖަކު މަރުވެއްޖެ

އުމުރުން ހަތަރު އަހަރުގެ އެ ކުއްޖާ ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންދިޔައީ ވިހަލަގޮނޑިއެއް ކެވިގެން ހާލު ސީރިއަސްވެ، ފިނޭގެ ސިއްހީ މަރުކަޒުން ފަރުވާ ދީގެން ވެސް ރަނގަޅު ނުވެގެންނެވެ.

ކުޅުދުއްފުށީ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލް އާމިނަތު ހުސައިން މިއަދު ވިދާޅުވީ އެ ހޮސްޕިޓަލަށް ކުއްޖާ ގެންދިޔަ އިރު ވެސް ހާލު ސީރިއަސް ކަމަށެވެ. އަދި ވަރަށް ގިނަ އިން ހޮޑުލާ ހެދި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހާލު ސީރިއަސްވެ އިތުރު ފަރުވާ އަށް މާލެ ފޮނުވާލި ފަހުން ފްލައިޓް ތެރޭގައި ނިޔާވީ،" އާމިނަތު ވިދާޅުވި އެވެ.

ކުއްޖާ ހޮޑުލައިި ހާލު ސީރިއަސް ވީ ވިހަލަގޮނޑިއެއް ކެވިގެން ކަމަށް، އެ ރަށުގެ ބައެއް މީހުން، ބުނެ އެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި ވަރަށް އާންމުކޮށް ހެދޭ، އަދި ބިމު އަޑިއަށް ގޮނޑި ފައިބާ އެއްޗެކެވެ. ވިހަލަގޮނޑި ވިހަނުފިލުވައި ކެވިއްޖެ ނަމަ ކުޑަ އިރުކޮޅެއްގެ ތެރޭގައި މީހާ ވިހަވެ އެވެ. އަދި އެ އިން ސަލާމަތްވާނެ ސީދާ ފަަރުވާއެއް ނުހުންނަ ކަމަށް، ސިއްހީ ތަޖުރިބާކާރުން ބުނެ އެވެ.

ކުއްޖާގެ އާއިލާގެ މީހަކު ބުނީ އޭނާ މަރުވީ ސީދާ ވިހަލަގޮނޑި ކެވިގެން ކަން ޑޮކްޓަރުން ބުނެފައިވާ ނުވާ ކަމަށެވެ. ނަމަވެސް ވިހަލަގޮނޑިއެއް ކެވުނުކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.

"އެ ކެއި ފަހުން ހޮޑުލައި ހާލު ސީރިއަސްވީ،" އާއިލާ އިން ވާހަކަދެއްކި މީހާ ބުންޏެވެ.

ވިހަލަގޮނޑިއެއް ކެވިގެން ރާއްޖޭގައި މީހަކު މަރުވުމުގެ ހާދިސާއެއް ފަހުގެ ތާރީޚެއްގައި ހިނގާފައެއް ނުވެ އެވެ.