ވައި ގަދަވެ، ސ. ހިތަދޫގައި ރުކެއް ވެއްޓި، ހަނި ގޮތަކަށް ބަޔަކު މިއަދު ސަލާމަތްވެއްޖެ އެވެ.

ހަވީރު 6:00 ގަައި އެ ޙާދިސާ ހިނގިއިރު، ސައިކަލުގައި ފިރިހެނަކާއި ކުޑަކުއްޖަކު ތިބި ނަމަވެސް އެއްވެސް މީހަކަށް އަނިޔާ ނުވާ ކަމަށް ވީޑިއޯ އާއްމުކުރި މީހާ ބުންޏެވެ. 

މައިލޯ ނަހުމް ކިޔާ މީހަކު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަނީ ހިތަދޫގައި މަޑު ސްޕީޑުގައި ކާރު ދުއްވާފައި ހުރި ސީދަލަށް ދާއިރު، ކުރިމަތީ މަގުން ސައިކަލެއް ވަދެގެން ދާ ތަނެވެ.

ރުއް އެއްކޮށް ވެއްޓެނީ އެ މަގުގައި ހުރި ފިހާރައެއް ކުރިމައްޗަށް ކަހަލަ ގޮތަކަށް ސައިކަލު އަރާ ހަމަވިތަނާ އެވެ. އެއާއެކު، އެ ރުކުގައި އަޅާފައި ހުރި ކިހާތައް ވެރިގެންދާ ތަން އަދި ސައިކަލަށް އެއިން އެރި އަރިއަކަށް ދުއްވޭތަން ފެނެ އެވެ.

https://web.facebook.com/reel/1387803669567698