ވިލާ
ކޮލެޖުގެ ސެޕްޓެމްބަރު އިންޓޭކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

ސެޓްފިކެޓް ލެވެލް 4 އިން ފެށިގެން
މާސްޓާސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމަކަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތު އިތުރުކުރީ ސެޕްޓެމްބަރު މަހު 1 ގެ ނިޔަލަށެވެ.

މި އިންޓޭކްގައި އިންފޮމޭޝަން
ޓެކްނޮލޮޖީ، ކޮމްޕިއުޓަ ސައިންސް، ސައިބަ ސެކިއުރިޓީ، ޑާޓާ ސައިންސް،
ސޮފްޓްވެއަ އިންޖިނިއަރިން، ލޯ، ޝަރީއާ، އިސްލާމިކް ފައިނޭންސް، އޯލްޓަނޭޓް
ޑިސްޕިއުޓް ރިޒޮލިއުޝަން، ކޯޕަރޭޓް ގަވަނަންސް، ޕޮލިޓިކަލް ސައިންސް،
އިންޓަނޭޝަނަލް ރިލޭޝަންސްގެ އިތުރުން ޓީޗިންގެ ޕްރޮގްރާމުތަކާއި ބިޒްނަސްއާ ގުޅުން ހުރި ދާއިރާތައް ވެސް ހިމެނެ އެވެ. އަދި ނާސިން އާއި ޕަބްލިކް ހެލްތާއި ހެލްތު ސާވިސަސް މެނޭޖްމެންޓް  ފަދަ ކޯސްތައް ހިމެނެ އެވެ.

ބައިނަލްއަވާމީ ޑިގްރީތައް ހާސިލުކުރުމުގެ
ފުރުސަތު ވެސް ވިލާ ކޮލެޖުގައި އެބަ އޮތެވެ. އެގޮތުން، އިނގިރޭސިވިލާތުގެ ޔުނިވަސިޓީ އޮފް ދި
ވެސްޓް އޮފް އިންގްލޭންޑް، ޕޯޓްސްމޯތު ޔުނިވަސިޓީ، އަދި މެލޭޝިއާގެ ޓޭލަސް
ޔުނިވާސިޓީ އާއި ޔުނިވަސިޓީ އޮފް ސައިބަޖާޔާގެ ޕްރޮގްރާމްތައް ވިލާ ކޮލެޖުގައި
ކުރިއަށް ގެންދެ އެވެ. ޕޯޓްސްމޯތު ޔުނިވަސިޓީއާ ގުޅިގެން ހިންގާ
އިންޖިނިއަރިން ޕްރޮގްރާމްތައް ކިޔަވާ ދަރިވަރުންނަށް، ޑިގްރީގެ ފަހު އަހަރުތައް
އެ ޔުނިވަސިޓީގައި ފުރިހަމަކުރުމުގެ ފުރުސުތު ވެސް ލިބޭނެ ކަމަށް ވިލާ ކޮލެޖުން ބުންޏެވެ.

ވިލާ
ކޮލެޖުގެ ކިޔެވުން ބައްޓަންކޮށްފައިވަނީ ދަރިވަރުންނަކީ މަސައްކަތުގެ މާހައުލަށް
ތައްޔާރުވެފައިވާ ކުދިންތަކަކަށް ހެދުމަށް ކަމަށް އެކޮލެޖުން ބުންޏެވެ. އެކަން ހާސިލުކުރުމަށްޓަކައި،
ކޮންމެ ޕްރޮގްރާމެއްގައި ވެސް ސިމިއުލޭޝަންތަކާއި، އިންޓާންޝިޕް، އެކްސްޓާންޝިޕް
އަދި އިންޑަސްޓްރީއާ ގުޅިގެން ހިންގޭ ޕާޓްނާޝިޕްތަކުގެ ދަށުން އަމަލީ ތަޖުރިބާ
ހޯދުމުގެ ފުރުސުތު ފަހިކޮށްދޭ ކަމަށް އެ ކޮލެޖުން ބުންޏެވެ.

ދަރިވަރުންނަށް
ފޯރުކޮށްދޭ ކިޔެވުމާ ގުޅުން ހުރި ލާނިން ސަޕޯޓާއި އެހެނިހެން
ވަސީލަތްތައް އެ ކޮލެޖުން އަންނަނީ ބޭނުންވާ ހުރިހާ ދަރިވަރުންނަށް
ގްރޫޕްކޮށް އަދި ވަކިވަކިން  ދެމުންނެވެ. އަދި ޕިޔަ އެސިސްޓެޑް ލާނިން އާއި ވީ ކެއާ ކައުންސެލިން އެންޑް ސައިކޯތެރަޕީ ސެންޓަ މެދުވެރިކޮށް، ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެ އެވެ.