ދިރާގުގެ ހިއްސާދާރުންގެ ޑިވިޑެންޑް، ޓެކުހުގެ ގަވާއިދުތަކާ އެއްގޮތަށް
ދޫކުރުމަށްޓަކައި ހިއްސާދާރުންގެ "ޓެކްސް ރެޒިޑެންސީ ސްޓޭޓަސް" (ޓެކްސް
ދައްކަންޖެހޭ ގައުމު)ގެ މައުލޫމާތު ރަނގަޅުތޯ ބެލުމަށް ފަހު، އެ މައުލޫމާތު
އަޕްޑޭޓްކުރަން އެ ކުންފުނިން އިލްތިމާސްކޮށްފި އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ 55 ވަނަ މާއްދާގެ
(ހ) ގެ (4)ގައިވާ ގޮތުގެ މަތިން، ދިވެހިރާއްޖޭގެ ޓެކްސް
ރެޒިޑެންޓުން ނޫން ފަރާތްތަކަށް ދޭ ފައިދާއިން 10 ޕަސެންޓް ގެ ރޭޓުން 'ނޮން-ރެޒިޑެންޓް
ވިތުހޯލްޑިން ޓެކްސް' އުނިކުރަންޖެހެ އެވެ.

ފައިދާ ދޫކުރާ ވަގުތު
އެއީ ރާއްޖޭގެ ޓެކްސް ރެޒިޑެންޓެއްކަން ކުންފުންޏަށް ކަށަވަރު ނުކުރެވޭ ނަމަ، އެ
ގާނޫނުގެ 55 ވަނަ މާއްދާގެ (ނ) ގެ (1) ވަނަ ނަންބަރުގެ ދަށުން، ދައްކަންޖެހޭ
ޓެކްސް އުނިކުރުމަށް ކުންފުންޏަށް ލާޒިމުވާ ކަމަށް ދިރާގުން ބުންޏެވެ.

އެހެންވެ، ޓެކްސް ރެޒިޑެންސީ މައުލޫމާތު އަޕްޑޭޓްކުރަން ބޭނުންވާ
ހިއްސާދާރުން، މޯލްޑިވްސް ސެކިއުރިޓީޒް ޑިޕޮސިޓަރީގެ އިންފިޓީ ޕޯޓަލް މެދުވެރިކޮށް، ނުވަތަ، "ޝެއަހޯލްޑަ އިންފޮމޭޝަން ފޯމު" ފުރިހަމަކުރުމަށް ފަހު ދިރާގުގެ[email protected]އަށް އީމެއިލް ކުރުމަށް ވަނީ އެދިފަ އެވެ.