މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އާއި ފުޑީސް އެޕް ގުޅިގެން "ޕޭ ވިތު އެމްއައިބީ، ގުޑް ފުޑް، ގްރޭޓް ރިވޯޑްސް" ގެ ނަމުގައި ހާއްސަ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން އަންނަ
އޮކްޓޯބަރު މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ޕްރޮމޯޝަނުގެ ދަށުން،
ފުޑީސް އެޕް މެދުވެރިކޮށް ކާބޯތަކެއްޗަށް އޯޑަރު ކުރުމަށްފަހު އެމްއައިބީ ގްލޯބަލް
ޕޭ ޕޭމަންޓް ގޭޓްވޭ މެދުވެރިކޮށް ފައިސާ ދައްކާ ކަސްޓަމަރުންނަށް ހާއްސަ
ގުރުއަތެއްގައި ބައިވެރިވެވޭނެ އެވެ
އެ ޕްރޮމޯޝަނުގެ ހާއްސަ އިނާމެއްގެ ގޮތުގައި
ހުށަހަޅާފައިވަނީ އެންމެ ފަހުގެ އައިފޯން 17 ޕްރޯ މެކްސް ފޯނެވެ. އެގޮތުން ކޮންމެ މަހަކު އެކަކަށް އައިފޯން 17 ޕްރޯ މެކްސްއެއް ލިބޭއިރު،
ޕްރޮމޯޝަން ނިމޭއިރު ޖުމްލަ ދެ ފޯނު ގުރުއަތުން ހޮވޭ ނަސީބުވެރި ދެ ފަރާތަށް ހަދިޔާ ކުރާނެ ކަމަށް އެމްއައިބީ އިން ބުންޏެވެ.
އެމްއައިބީން ބުނި ގޮތުގައި ފުޑީސް އެޕް މެދުވެރިކޮށް ފައިސާ ދައްކާ ކޮންމެ މުއާމަލާތަކީ
ގުރުއަތުގައި ބައިވެރިވުމަށް ލިބޭ ފުރުސަތެކެވެ. އެހެންވެ ގިނައިން އޯޑަރުކުރާ ފަރާތްތަކަށް އައިފޯން ލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ބޭންކުން ބުންޏެވެ.
އެ ޕްރޮމޯޝަނުގެ
މުއްދަތުގައި އެމްއައިބީގެ ކަސްޓަމަރުންނަށް ފުޑީސް އެޕްގައި ބައިވެރިވާ
މާޗަންޓުންގެ ހާއްސަ ޑިސްކައުންޓްތަކާއި ލޯޔަލްޓީ ޕޮއިންޓްސް ވެސް ލިބޭނެ އެވެ.
އެމްއައިބީން ބުނީ އެފަދަ ޕްރޮމޯޝަންތަކުގެ މަގުސަދަކީ ޑިޖިޓަލް ޕޭމަންޓްތައް މެދުވެރިކޮށް ކަސްޓަމަރުން
ދުވަހުން ދުވަހަށް ކުރާ މުއާމަލާތްތަކުން އިތުރު ފައިދާތަކެއް ހޯދައިދިނުން ކަމަށެވެ.