ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް، ދިރާގު ގޭމާސް ގިލްޑް
(ޑީޖީޖީ)އިން އިންތިޒާމުކޮށްގެން ބާއްވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް
(ޑީއެމްޖީސީ) 2026 އެ ކުންފުނިން އިއުލާންކޮށްފި އެވެ.

ރާއްޖޭގެ އީ-ސްޕޯޓްސް ކުރިއެރުވުމުގައި އިސް ދައުރެއް
އަދާކުރާ ޑީޖީޖީއިން އިންތިޒާމުކުރާ މި މުބާރާތަކީ، ރާއްޖޭގެ ގޭމިން ދާއިރާގައި ބޭއްވޭ އެންމެ ބޮޑު އަދި އެންމެ ފާހަގަކޮށްލެވޭ އެއް ހަރަކާތް ކަމަށް ދިރާގުން ބުންޏެވެ.

މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށް ވުރެ
ގިނަ ކުޅުންތެރިން ބައިވެރިވެފައިވެ އެވެ. މިއީ އެ ދާއިރާއަށް ދިވެހި ޒުވާނުންގެ މެދުގައި
އޮތް މަގުބޫލުކަމާއި ތަރުހީބު ހާމަކޮށްދޭ ހެއްކެއް ކަމަށް ދިރާގުން ބުންޏެވެ.

މިއަހަރުގެ މުބާރާތުގައި މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގެ
ކުޅުންތެރިންނަށް ވާދަވެރި މާހައުލެއްގައި ކުޅުންތެރިންގެ ހުނަރު ދައްކާލުމުގެ
ފުރުސަތު ލިބޭނެ އެވެ. މިއަހަރުގެ މުބާރާތުގައި ހިމެނޭ ގޭމްތަކަކީ؛

މޮބައިލް
ލެޖެންޑްސް: ބޭންގް ބޭންގް، ޕަބްޖީ މޮބައިލް، ރޮކެޓް ލީގް، އެފްސީ 26 އަދި ޓެކެން 8
އެވެ.

ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރި
ކުޅުންތެރިއަކަށް ވެސް އެއްވެސް ފީއަކާ ނުލައި މި މުބާރާތުގެ ކޮލިފައިންގައި
ބައިވެރިވެ، ޖުމްލަ 150,000ރ. ގެ ފައިސާގެ އިނާމު ތެރެއިން ބައެއް ހޯދުމަށް
ވާދަކުރުމުގެ ފުރުސަތު ހުޅުވާލެވޭނެ އެވެ.

މި މުބާރާތާއި ޑީޖީޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ
ފަހުގެ މައުލޫމާތު dgg.mv
މެދުވެރިކޮށް ލިބޭނެ އެވެ.