18 އެޕްރީލް 2017 - 11:18

ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކަށް ގިނަ އަދަދަކަށް މެޖިސްޓްރޭޓުން ހޯދަން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު އިއުލާންކޮށްފި އެވެ.
ޖޭއެސްސީން ކުރި އިއުލާނެއްގައިވާ ގޮތުން އެކި މެޖިސްޓްރޭޓް ކޯޓުތަކަށް އިސް މެޖިސްޓްރޭޓުންނާއި މެޖިިސްޓްރޭޓުންގެ މަގާމަށް ޖުމްލަ 42 މެޖިސްޓްރޭޓަކު ހޯދަން ބޭނުންވެ އެވެ. އެ މަގާމުގެ ތައުލީމީ ޝަރުތަކީ ގާނޫނު ނުވަތަ ޝަރީއާ އިން ޑިޕްލޮމާއެއް އޮތުމާ އެކު ވަކީލުކަމުގައި ނުވަތަ ފަނޑިޔާރު ކަމުގައި ނުވަތަ ކޯޓެއްގެ ލީގަލް މަގާމެއްގައި މަދުވެގެން ދެ އަހަރު ހޭދަކޮށްފައި ވުމެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ އެވެ.
އިސް މެޖިސްޓްރޭޓަކަށް މުސާރަ އާއި އިނާޔަތްތަކާ އެކު މަހަކު 25،600ރ. ލިބިވަޑައިގަންވާއިރު މެޖިސްޓްރޭޓަކަށް މަހަކު 23،450ރ. ލިބިވަޑައިގަންނަވާނެ އެވެ.