ވެލާނާ އިންޓަނޭޝަނަލް
އެއާޕޯޓުން މިދިޔަ ޖުލައި މަހު 2،000 ޓަނުގެ އެއާ ކާގޯ އުފުލައި އާ ރެކޯޑެއް ގާއިމްކޮށްފި އެވެ.
އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނީ، މިއީ ފުރަތަމަ ފަހަރަށް އެއް މަހެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ކާގޯ މެނޭޖްކުރި ފަހަރު ކަމަށެވެ. ސީ ޓު އެއަ އަދި އެއަ ޓު އެއަ އޮޕަރޭޝަންތަކުގެ ދަށުން މިއީ ހާސިލްކުރި ބޮޑު ކުރިއެރުމެއް ކަމަށް ވެސް އެމްއޭސީއެލްއިން ބުންޏެވެ.
އެ މުއްދަތުގެ ތެރޭގައި
ޓްރާންޝިޕްމަންޓް ކާގޯގެ ޖުމްލަ އަދަދު މަހެއްގެ މައްޗަށް 2,000 ޓަނަށް ވުރެ
މައްޗަށް ގޮސްފައިވެ އެވެ.
މިދިޔަ ޖުލައި މަހު ސީ ޓު އެއަ ހިދުމަތް މެދުވެރިކޮށް 621 ޓަނުގެ މުދާ އުފުލި އެވެ.
އެއީ އެ ހިދުމަތް ތައާރަފުކުރި ފަހުން ވެސް މަހެއްގެ ތެރޭގައި އެންމެ
ގިނައިން މުދާ އުފުލި ފަހަރެވެ.
އެމްއޭސީއެލް އިން ބުނީ އެ ކުރިއެރުންތަކުން ދައްކުވައިދެނީ ވެލާނާ
އިންޓަނޭޝަނަލް އެއަޕޯޓަކީ އޭޝިއާ އާއި ޔޫރަޕްގެ އިތުރުން ދުނިޔޭގެ އެހެން
ބޮޑެތި މާކެޓުތައް ގުޅުވައިދޭ ހިންދު ކަނޑުގެ މުހިންމު ލޮޖިސްޓިކްސް މަރުކަޒަކަށް
ވަމުން އަންނަ ކަމެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ވަނީ، ދާދި ފަހުން ކެމްބޯޑިއާއިން ފްރާންސަށް ވެސް މުދާ ފޮނުވުމުގެ މެދުވެރިއަކަށްވެފަ އެވެ. އަދި އެހެން އިތުރު މަންޒިލްތަކަށް ވެސް އެއާޕޯޓު މެދުވެރިކޮށް އަންނަނީ މުދާ ފޮނުވުމުގައި މެދުވެރިއެއްގެ ދައުރު އަދާކުރަމުންނެވެ.