މިދިޔަ އަހަރާ އަޅާބަލާއިރު މިދިޔަ ޖޫން މަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު އަދަދު ދެގުނަވެ، 21.4 މިލިއަން ރުފިޔާ ލިބިފައިވާ ކަަމަށް ޒަކާތު ހައުސް އިން މިއަދު ބުނެފި އެވެ.
ޒަކާތު ހައުސް އިން ބުނީ މި އަހަރުގެ ޖޫން މަހު މުދަލު ޒަކާތުގެ ގޮތުގައި 21.3 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. މިދިޔަ އަހަރުގެ ޖޫން ލިބުނީ 10.6 މިލިއަން ރުފިޔާ އެވެ.
ޒަކާތު ހައުސް އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން މިއަހަރުގެ އޭޕްރީލުން ފެށިގެން ޖޫން މަހާ ހަމައަށް މުދަލު ޒަކާތުގެ ގޮތުގައި 34.40 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު މިންވަރާ ބަލާއިރު 28.7 ޕަސެންޓުގެ އިތުރުވުމެވެ. މިދިޔަ އަހަރު އެ މުއްދަތުގައި ލިބުނީ 26.7 މިލިއަން ރުފިޔާ އެވެ.
މިއަހަރުގެ ފުރަތަމަ ހަ މަސް:
- މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި މުދަލު ޒަކާތުގެ ގޮތުގައި 79.73 މިލިއަން ރުފިޔާ ލިބުނު.
- މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ލިބުނީ 61.6 މިލިއަން ރުފިޔާ
ޒަކާތު ހައުސް އިން ބުނި ގޮތުގައި ޖޫން މަހުގެ ތެރޭގައި ޒަކާތު ހައުސް އިން ވަނީ ޒަކާތުގެ ބެހެނިވެރިންގެ އެކި ދާއިރާތަކަށް 18.8 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އޭގެ ތެރެއިން އެންމެ ބޮޑު ހޭދައެއްކޮށްފައި ވަނީ ގީރުންނާއި މިސްކީނުންގެ ދާއިރާއަށް ކަމަށާއި އެ ދާއިރާއަށް 16.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ޒަކާތު ހައުސް އިން ބުންޏެވެ.

ޒަކާތަށް ލިބުނު ފައިސާ ހޭދަކުރެވުނު ގޮތް--
މިދިޔަ އަހަރު ނިމުނުއިރު މުދަލުގެ ޒަކާތުގެ ގޮތުގައި 107 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ތަފާސްހިސާބުތަކުގައިވެ އެވެ. އެއީ އޭގެ ކުރީގެ އަހަރަށް ވުރެ ފަސް ޕަސެންޓްގެ އިތުރުވުމެކެވެ. މުދަލުގެ ޒަކާތުގެ ގޮތުގައި 2024 ވަނަ އަހަރު ލިިބިފައިވަނީ 102 މިލިއަން ރުފިޔާ އެވެ.
މިދިޔަ އަހަރު މުދަލުގެ ޒަކާތުގެ ގޮތުގައި ބަހާފައިވަނީ މީހަކަށް 5،000ރ. އެވެ.