އޭޝިއާ އަށް ޚާއްސަ މާޖެހި އަތްދަބަހެއް
އޭޝިއާ އަށް ޚާއްސަ މާޖެހި އަތްދަބަހެއް

ބެލްޖިއަމްގެ އަތްދަބަސް ބްރޭންޑެއް ކަމަށްވާ ކިޕްލިންގް އަށް 30 އަހަރު ފުރުމާ ދިމާކޮށް އޭޝިއާ މީހުންނަށް ޚާއްސަ ކެމްޕެއިނެއް ދުނިޔޭގެ އެކި ގައުމުތަކުގައި ފަށައިފި އެވެ. "ޖާނީ"ގެ ނަމުގައި ހޮންގް ކޮންގް، މެލޭޝިއާ އަދި ސިންގަޕޫރުގައި ވެސް ކުރިއަށް ގެންދާ މި ކެމްޕެއިންގައި، އެއް ވަގުތެއްގައި ކުރިއަށް ގެންދާ "އުފަންދުވަހުގެ" ޕާޓީތަކާއި ކިޕްލިންގް ދަބަސްތަކުގައި ހަރުކޮށްފައި ހުންނަ ރާމާމާކުނު ބެހުމާއި ސޯޝަލް މީޑިއާގައި މަޝްހޫރު މީހުން ލައްވައި އިޝްތިހާރުކުރުވުމުގެ އިތުރުން، ހަމައެކަނި އޭޝިއާ އަށް ޚާއްސަ ފަރުމާއަކާ އެކު ނެރުނު ދަބަސް ކަލެކްޝަނެއް ހިމެނެ އެވެ.

އޭޝިއާ އަށް ޚާއްސަ މާޖެހި އަތްދަބަހެއް
އޭޝިއާ އަށް ޚާއްސަ މާޖެހި އަތްދަބަހެއް

ފަސްދޮޅަހަށް ވުރެ ގިނަ ގައުމުގައި އަތްދަބަސް ވިއްކާ ކިޕްލިންގްގެ ސްޕްރިންގް 2017 އެޑިޝަންގައި އެކި މުނާސަބަތުތަކާ ގުޅޭ އެކި ކަހަލަ ދަބަސް ހިމަނާފައިވެ އެވެ. އޭގެ ތެރޭގައި ކޮންމެ ދުވަހަކު ބޭނުންކުރަން އެކަށީގެންވާ ދަބަހާއި ދުވާލާއި ރޭގަނޑަށް ވެސް އެކަށޭނަ ދަބަހުގެ އިތުރުން ދަތުރުކުރަން ބޭނުންކުރާ ކަހަލަ ދަބަސް ހިމެނެ އެވެ.

ސްޕްރިންގް ނުވަތަ ބަހާރު މޫސުމާ ގުޅުވައިގެން ނެރުނު މާޖެހި ދަބަސްތަކުގެ ތެރޭގައި އޭޝިއާ އަށް ޚާއްސަ "ޑެފީ ޑްރީމް ގާޑްން" ހިމެނެ އެވެ. ޒަމާނީ ހިތްގައިމު މަންޒަރެއް ހުރި އެ ދަބަސް ތައްޔާރުކުރީ ކިޕްލިންގްގެ 30 ވަނަ އަހަރީ ދުވަހުގެ މުނާސަބަތަށް ޚާއްސަކޮށެވެ.

އާއްމުކޮށް އުފައްދަމުން އައި އަތްދަބަސްތަކަށް ބޮޑު ބަދަލެއް ގެނެސް، ބޭނުންތެރި އެކަމަކު ސަޅި އަދި ހިތްގައިމު އެއްޗެހިތަކެއް ނެރެން ފެށި ކިޕްލިންގްއަކީ 1987ގައި އުފަންވި ބްރޭންޑެކެވެ. އެ ބްރޭންޑް އެންމެ ބޮޑަށް މަޝްހޫރުވެފައި ވަނީ ދަބަސްތަކުގައި ހަރުކޮށްފައި ހުންނަ ލޯބި މެސްކޮޓްގެ ސަބަބުންނެވެ.