އުރީދޫން ހުޅުމާލޭގައި ހިލޭ ވައިފައި ދެނީ، ސީސީޓީވީ ކެމެރާ ވެސް ހަރު ކުރާނެ
އުރީދޫން ހުޅުމާލޭގައި ހިލޭ ވައިފައި ދެނީ، ސީސީޓީވީ ކެމެރާ ވެސް ހަރު ކުރާނެ

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހިލޭ އިންޓަނެޓް ލިބޭ ގޮތް ހެދުމަށާއި ސީސީޓީވީ ކެމަރާ ހަރު ކުރުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އުރީދޫން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފި އެވެ.

އުރީދޫން ހުޅުމާލޭގައި ހިލޭ ވައިފައި ދެނީ، ސީސީޓީވީ ކެމެރާ ވެސް ހަރު ކުރާނެ
އުރީދޫން ހުޅުމާލޭގައި ހިލޭ ވައިފައި ދެނީ، ސީސީޓީވީ ކެމެރާ ވެސް ހަރު ކުރާނެ

އެޗްޑީސީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވީ ކުރިއަށް އޮތް ތިރީހަކަށް ދުވަހުގެ ތެރޭގައި ސެންޓްރަލް ޕާކްގެ ލެޝާ ޒޯންގައި ހިލޭ ވައިފައިގެ ހިދުމަތް ފޯރުކޮށްދެވޭ ވަރު ވާނެ ކަމަށެވެ.

އުރީދޫން ހުޅުމާލޭގައި ހިލޭ ވައިފައި ދެނީ، ސީސީޓީވީ ކެމެރާ ވެސް ހަރު ކުރާނެ
އުރީދޫން ހުޅުމާލޭގައި ހިލޭ ވައިފައި ދެނީ، ސީސީޓީވީ ކެމެރާ ވެސް ހަރު ކުރާނެ

ހުޅުމާލެއަކީ ޒަމާނީ ވަސީލަތްތަކާ އެކު ތަރައްގީކޮށްފައި އޮންނަ ރީތި ރަށަކަށް ހެދުމަކީ އެޗްޑީސީގެ އަމާޒެއް ކަމަށް ސައިމަން ވިދާޅުވި އެވެ.

ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގައި ހިލޭ އިންޓަނެޓާއި ކެމެރާ ހަރު ކުރުމުގެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެމްޑީ ސައިމަން އެވެ. އަދި އުރީދޫގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ވިކްރަމް ސިންހަ އެވެ. މި ރަސްމިއްޔާތުގައި ދެ ކުންފުނީގެ އިސް ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

ވިކްރަމް ވިދާޅުވި ގޮތުގައި ހުޅުމާލޭގެ އެކި ސަރަހައްދުތަކަށް އިންޓަނެޓް ލިބޭ ގޮތްވުމަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް އެތައް ފައިދާތަކެއް ކުރުވާނެ ކަމެކެވެ.

އިންޓަނެޓްގެ ހިދުމަތް ދޭނެ ތަންތަން ވަރަށް އަވަހަށް ކަނޑައަޅާނެ ކަމަށާއި އެ ތަންތަނުން ވަކި ވަގުތެއް ވަންދެން ވައިފައި ބޭނުން ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މި އެއްބަސްވުމާ އެކު އުރީދޫ ހޭންގްއައުޓް އަދި ސުޕަނެޓް ހުޅުމާލެ އަށް ތައާރަފް ވެގެން ދާނެ ކަމަށް ވެސް ވިކްރަމް ވިދާޅުވި އެވެ.

ސައިމަން ވިދާޅުވީ އުރީދޫއާ އެކު ވެވުނު އެއްބަސްވުމުގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ހިލޭ ކެމަރާ ހަރު ކުރެވޭނެ ކަމަށެވެ. އަދި ފުލުހުންނަށް ހުޅުމާލޭގައި ސެކިއުރިޓީ ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އުރީދޫން ބުނި ގޮތުގައި ހުޅުމާލޭގައި ކެމަރާ ހަރުކުރުމުގެ މަސައްކަތް ކުރާނީ އެ ކުންފުނީގެ ފައިބަ ނެޓްވޯކްގެ ތެރެއިންނެވެ. އެ ގޮތުން، ސުޕާނެޓްގެ ހިދުމަތް ދިނުމުގެ މަސައްކަތް އުރީދޫން މިހާރު ވަނީ ފަށާފަ އެވެ. ފައިބާ ނެޓްވޯކްގެ އެހީގައި މުޅި ހުޅުމާލޭގައި ކެމަރާ ހަރު ކުރެވޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.