ވަރުގަދަ ތިން ފިލްމެއް އެއް ދުވަހެއްގައި، މިއީ އެންމެ ބޮޑު ކުރިމަތިލުމަށް ވެދާނެ
ވަރުގަދަ ތިން ފިލްމެއް އެއް ދުވަހެއްގައި، މިއީ އެންމެ ބޮޑު ކުރިމަތިލުމަށް ވެދާނެ

ބޮލީވުޑްގައި މަޝްހޫރު އެކްޓަރުންތަކެއްގެ، ބޮޑެތި ފިލްމްތަކެއް އެއް ދުވަހެއްގައި ރިލީޒް ކުރަން ޖެހިއްޖެ ނަމަ، މިކަން "ބޮޑު ހަނގުރާމައަކަށް" އޮންނަނީވެފަ އެވެ.

ވަރުގަދަ ތިން ފިލްމެއް އެއް ދުވަހެއްގައި، މިއީ އެންމެ ބޮޑު ކުރިމަތިލުމަށް ވެދާނެ
ވަރުގަދަ ތިން ފިލްމެއް އެއް ދުވަހެއްގައި، މިއީ އެންމެ ބޮޑު ކުރިމަތިލުމަށް ވެދާނެ

މާޒީގައި މިކަހަލަ ކިތަންމެ ހަނގުރާމައެއް ފެނިގެން ހިނގައްޖެ އެވެ. އެކަމަކު މި އަހަރަކީ ފިލްމްތައް މުޑި އެރުމުގެ ހަނގުރާ ވަކިން ބޮޑު އަހަރަކަށް ވާނެ އެވެ. ވަރުގަދަ ތިން ފިލްމެއް މިއޮތީ އެއް ތާރީހެއްގައި ރިލީޒް ކުރަން މިހާރު ތާވަލްކޮށްފަ އެވެ.

ވަރުގަދަ ތިން ފިލްމެއް އެއް ދުވަހެއްގައި، މިއީ އެންމެ ބޮޑު ކުރިމަތިލުމަށް ވެދާނެ
ވަރުގަދަ ތިން ފިލްމެއް އެއް ދުވަހެއްގައި، މިއީ އެންމެ ބޮޑު ކުރިމަތިލުމަށް ވެދާނެ

މި ތިން ފިލްމަކީ އާދައިގެ އެކްޓަރުންގެ ފިލްމްތަކެއް ނޫނެވެ. މިއީ ސައުތު އިންޑިއާގެ ސްޕަސްޓާ ރަޖްނީ ކާންތާއި އާމިރް ހާނާއި އަޖޭ ދޭވްގަންގެ ބޮކްސް އޮފީހުގެ ކުރިމަތިލުމެކެވެ.

އެ ތިން އެކްޓަރުންގެ ކުރިއަށް ހުރި ފިލްމްތައް ރިލީޒް ކުރަން ހަމަޖެހިފައި ވަނީ މި އަހަރުގެ ދިވާލީގަ އެވެ. މާނައަކީ ތިން ފިލްމް ވެސް ސިނަމާތަކަށް އަންނާނީ އޮކްޓޯބަރު 18 ގަ އެވެ.

އެކަން ބޮލީވުޑްގެ ވިޔަފާރި ހަބަރުތައް ދިރާސާ ކުރާ އަދި މަޝްހޫރު ކްރިޓިކް ތަރަން އަދާޝް ވަނީ ކަށަވަރުކޮށް ދީފަ އެވެ.

ރަޖްނީކާންތު މި ފަހަރު އަންނަނީ އޭނާ 2010 ގައި ރިލީޒް ކުރި ފިލްމް "ރޮބޮޓް" ގެ ދެވަނަ ބަޔާ އެކުގަ އެވެ. ޝަންކަރު ޑައިރެޓްކޮށް، ބޮލީވުޑްގެ މަޝްހޫރު އެކްޓަރު އަކްޝޭ ކުމާރު ވެސް ނުބައިބައި ރޯލަކުން ފެނިގެންދާ "2.0" އަކީ މި އަހަރުގެ އެންމެ އުންމީދީ އެއް ފިލްމެވެ.

މި ފިލްމުގެ އިންތިޒާތުގައި ބެލުންތެރިން ތިބޭތާ މިހާރު ލައްކަ ދުވަސްވެއްޖެ އެވެ.

އާމިރް ލީޑް ރޯލުން ނުފެނުނު ނަމަވެސް، އޭނާ ވަރަށް ހާއްސަ ފެނިލުމެއް ހިމެނޭ "ސީކްރެޓް ސްޕަސްޓާ" ވެސް ރިލީޒް ކުރާނީ ދިވާލީގަ އެވެ.

ދެން އޮތީ އަޖޭ ދޭވްގަންގެ "ގޯލްމާލް" ސީރީޒްގެ ހަތަރު ވަނަ ފިލްމް "ގޯލްމާލް އެގެއިން" ގެ ވާހަކަ އެވެ. ރޯހިތު ޝެޓީ ޑައިރެކްޓްކޮށްފައިވާ މި ފިލްމް ވެސް ސިނަމާ އަށް އަންނާނީ ހަމަ ދިވާލީގަ އެވެ.

ފިލްމްގެ ކާސްޓުންގެ ތެރޭގައި އަޖޭ، ތާބޫ، ތުޝާރް ކަޕޫރު، ޕަރިނީތީ ޗޯޕްޅާ އަދި އަރްޝަދު ވަރްސީ ހިމެނެ އެވެ.

"ސީކްރެޓް ސްޕަސްޓާ" އާއި "2.0" އަދި "ގޯލްމާލް އެގެއިން" ގެ ބޮކްސް އޮފީހުގެ ކުރިމަތިލުމަށް ބަލާ އިރު، މިއީ މައްސަލަތައް އަދި ހިލޭނެ ތިން ފިލްމް ކަމަށް ބެލެވެ އެވެ. އެއީ އެއް ދުވަހެއްގައި ތިން ފިލްމް ރިލީޒް ކުރާތީ އުފެދޭ ނުތަނަސްވަކަމާއި އުދާސްތަކާ އެކު ކުރިމަތިލާން ޖެހޭ ހަނގުރާމަ ހޫނުވެގެން ހިނގައިދާނެތީ އެވެ.

މީގެ ކުރިން މިފަދަ ދެ ހަނގުރާމައަކާ އަޖޭ ވަނީ ކުރިމަތިފަ އެވެ. ފުރަތަމަ އޭނާ އަށް މި މައްސަލަ ކުރިމަތިވެ، ބޮޑު ކޯޅުންގަނޑަކަށްވީ ޔާޝް ޗޯޕްޅާ 2012 ގައި ގެނެސް ދިން ފިލްމް "ޖަބް ތަކް ހެ ޖާން" އާއި އަޖޭގެ "ސަން އޮފް ސަރްދާރް" އެއް ދުވަހެއްގައި ރިލީޒް ކުރަން ޖެހިގެންނެވެ.

އެ ފަހަރު ޔާޗްރާޖް ފިލްމްސް (ވައިއާރްއެފް) އާއި އަޖޭ އަދި "ޖަބް ތަކް ހެ ޖާން" ގެ އެކްޓަރު ޝާހްރުކް ހާނާ ދެމެދު ބޮޑެތި އަރައިރުންތަކެއް އުފެދުނެވެ، މި މައްސަލަގަނޑުގެ ތެރޭގައި އަޖޭގެ އަންހެނުން ކާޖޮލް އާއި ވައިއާއރްއެފާ ދެމެދު ޖެހުނު ކުނި އަދިވެސް ނުފިލަ އެވެ. ކާޖޮލްއަކީ އެ ސްޓޫޑިއޯގެ އެންމެ ކާމިޔާބު ފިލްމް ކަމަށްވާ "ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭގޭ" ގެ ބަތަލާ އެވެ.

އެކަމަކު އެ ފަހަރު "ސަން އޮފް ސަރްދާރް" އާއި "ޖަބް ތަކް ހެ ޖާން" އެއް ދުވަހެއްގައި ރިލީޒްކޮށްގެން ދެ ފިލްމު ވަނީ ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދައިފަ އެވެ. ދެ ފިލްމަކީ ވެސް 100 ކްރޯޑް ކުލަބަށް ވަން ދެ ފިލްމެވެ.

މިފަދަ ދެވަނަ ކުރިމަތިލުމަކަށް އަޖޭ ނިކުންނަން ޖެހުނީ އަނެއްކާ ވެސް ކާޖޮލްއާ އާ ގާތް ގުޅުމެއް އޮތް މީހެއްގެ ފިލްމަކާ އެކުގަ އެވެ. އެއީ ކާޖޮލްގެ "ކުޗް ކުޗް ހޯތާ ހޭ" ގެ ޑައިރެކްޓަރު ކަރަން ޖޯހަރާ އެވެ. އެ ފަހަރު އަޖޭގެ ޑައިރެކްޓްކޮށް، ލީޑް ކުޅުނު "ޝިވާއޭ" އާއި ކަރަންގެ "އޭ ދިލް ހޭ މުޝްކިލް" ރިލީޒް ކުރީ އެއް ދުވަހެއްގަ އެވެ.

މި މައްސަލަގަނޑާ ހެދި ކާޖޮލް އާއި ކަރަން މޫނު ކެނޑި، އަޖޭ އާއި ކަރަންއާ ދެމެދު ވެސް ހޫނު ކޯޅުންތަކެއް ހިނގި އެވެ. އެކަމަކު މިއިން ކޮންމެ ފަހަރަކު ވެސް އަޖޭ ސާބޮތުކޮށް ދިނީ ކިތަންމެ ވަރުގަދަ ފިލްމަކާ ވެސް ކުރިމަތިލައިގެން ކާމިޔާބު ހޯދި ދާނެ ކަމެވެ.

އާހިރުގައި ކަންވެ ނިމުނު އިރު، "ޝިވާއޭ" އާއި "އޭ ދިލް ހޭ މުޝްކިލް" އަކީ ވެސް ދެ ހިޓެވެ. ދެ ފިލްމުގެ ވަނީ 100 ކްރޯޑް ކުލަބަށް ވެދަ އެވެ.

އާމިރަށް ބަލާ އިރު އޭނާއަކީ އަބަދު ވެސް ވަރަށް ވިސްނައިގެން ފިލްމްތައް ރިލީޒް ކުރާ އެކްޓަރެކެވެ. އެހެން މީހެއްގެ ފިލްމެއް އޭނާގެ ފިލްމާ އެއް ދުވަހެއްގައި ރިލީޒް ކުރަން ނިންމައި، ކޮންމެވެސް އެހެން ހައްލެއް އޭނާ ހޯދަ އެވެ. މިސާލަކަށް ތާރީހު ފަސްކޮށްލުން ފަދަ ކަންކަމެވެ. ކުރިން ހަމަޖެހިފައި އޮތް ގޮތުން ނަމަ "ސީކްރެޓް ސްޕަސްޓާ" ރިލީޒް ކުރަން އޮތީ އަންނަ އޮގަސްޓް 4 ގަ އެވެ.

އެކަމަކު މި ފަހަރު ވަރުގަދަ އެހެން ދެ ފިލްމަކާ އެކު އެއް ދުވަހެއްގައި، އާމިރް ނިކުންނަ އިރު، ވާނީ ކިހިނެއް ބާވަ އެވެ؟

ކޮންމެއަކަސް "ސީކްރެޓް ސްޕަސްޓާ" އާއި "2.0" އަދި "ގޯލްމާލް އެގެއިން" މި ތިން ފިލްމަށް ބަލާ އިރު، ރަޖްނީކާންތުގެ ފިލްމަކީ ބޮޑު ހަރަދެއްކޮށްގެން ހަދާފައިވާ އަގު ބޮޑު ފިލްމެކެވެ. އަނެއްކޮޅުން އަނެއް ދެ ފިލްމާ އަޅާކިޔާ ނަމަ، މުޅިން ތަފާތު ޖޯންރާއެއްގެ ފިލްމެކެވެ.

ވާ ގޮތެއް ބަލަމާ ހިނގާށެވެ. ފަހަރުގައި ތިން ފިލްމަކީ ވެސް ވަރުގަދަ ތިން ހިޓަށް ވެދާނެ އެވެ. އެހެން ނުވެ ވެސް ހިނގައި ދާނެ އެވެ. އަދި ރިލީޒް ކުރާ ތާރީހަށް ފަހު ވަގުތު ބަދަލެއް އައުމަކީ ވެސް ނުވާނެ ކަމެއް ނޫނެވެ.

ޔަގީންވާ ކަމަކީ ތިން ފިލްމް އެއް ދުވަހެއްގައި ރިލީޒް ކުރުމުން، ފިލްމުގެ ވިޔަފާރި ވަރަށް ބޮޑަށް ބެހިގެން ދާނެ ކަމެވެ. މިކަން ރިސްކަކަށް ވަނީ އެހެންވެ އެވެ. އެކަމަކު ފިލްމަކީ ބެލުންތެރިން ބަލާ ހިތްވާ ކަހަލަ ރީތި މޮޅު ފިލްމެއް ނަމަ، ކޮންމެ ފިލްމެއް ވެސް ހިނގާނެ އެވެ.