އެސްޓީއޯ ޖެނެރަލް ޓްރޭޑިން އިން ވިއްކާ ޗޮއިސް ބްރޭންޑުގެ 'މޫ މިލްކް'ގެ ފުލް ކްރީމް މިލްކް ޕައުޑާ އެސްޓީއޯގެ އައުޓްލެޓްތަކަށް ތައާރަފްކޮށްފި އެވެ.
މިއީ ރައްކާތެރި މާހައުލެއްގައި ތާޒާކަމާ އެކު، އިތުރު މާއްދާތައް ނުހިމެނޭ ގޮތަށް ތައްޔާރު ކޮށްފައިވާ ހިކި ކިރެކެވެ. ވިޓަމިން އޭ، ވިޓަމިން ޑީ3 އަދި ކެލްސިއަމް ފަދަ މާއްދާތައް ހިމެނޭ އެ ބާވަތްތައް އެކި އުމުރުފުރާގެ މީހުންނަށް ވެސް ބޭނުން ކުރެވޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.
އެސްޓީއޯ އިން ބުނީ އެއީ ސައި ނުވަތަ ކޮފީއަށް ތައްޔާރުކުރުމުގަ އާއި ތަފާތު ފޮނި އެއްޗެހި ތައްޔާރު ކުރުމަށް ވެސް ބޭނުން ކުރެވޭނެ ބާވަތެއް ކަމަށެވެ. އަދި މިއީ އެސްޓީއޯ އިން ވިއްކާ ޗޮއިސް ބްރޭންޑުގެ އެހެން އުފެއްދުންތަކާ އެއްފަދައިން، އިތުބާރު ހިފޭ ކޮލިޓީ މޮޅު އުފެއްދުމެއް ކަމަށް ބުންޏެވެ. އެގޮތުން މި ބްރޭންޑުގެ ކޮންމެ ކިރު ޕެކެޓަކީ،
ހިފެހެއްޓިފައިވާ މިންގަނޑުތަކެއްގެ ދަށުން ކޮލިޓީ ކަށަވަރުކޮށް، ބަންދު ކޮށްފައިވާ
ޕެކެޓެއް ކަން އެ ކުންފުނިން ފާހަގަކުރި އެވެ.
ޗޮއިސް ބްރޭންޑުގެ 'މޫ މިލްކް' އަކީ ނިއުޒީލޭންޑުގެ މަޝްހޫރޫ
އިތުބާރު ހިފޭ އުފެއްދުމެކެވެ.
ޗޮއިސް މޫ ފުލް ކްރީމް މިލްކް ޕައުޑާ ހޯލްސޭލްކޮށް
އެސްޓީއޯ ހޯލްސޭލް ސެންޓަރުތަކުން އަދި ރީޓެއިލްކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ
އައުޓްލެޓްތަކުން ލިބޭނެ އެވެ.