ދިރާގު ފިންޓެކްއާއި ޝީޝާ ގުޅިގެން، ހޮންޑާ އެއާ ބްލޭޑް
125 ސްޕެޝަލް އެޑިޝަން ސައިކަލެއް ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފި އެވެ. 

މި ޕްރޮމޯޝަންގައި، ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓަރީކުރާ ކަސްޓަމަރުންނަށް ބައިވެރިވެވޭނެ އެވެ. މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި ދިރާގުޕެ މެދުވެރިކޮށް ކުރާ ފައިސާގެ މުއާމަލާތްތައް ކުރުމުން، ސައިކަލު ލިބުމުގެ ފުރުސަތު އިތުރުކުރެވޭނެ އެވެ. 

މި
ޕްރޮމޯޝަނަށް ކަނޑައަޅާފައިވާ ހޮންޑާ އެއާ ބްލޭޑް ސައިކަލަކީ ރާއްޖޭގައި ހޮންޑާގެ
އޮތޮރައިޒްޑް ޑިސްޓްރިބިއުޓާ، ޝީޝާ އިން ހަދިޔާ ކޮށްފައިވާ ސައިކަލެއް ކަމަށް ދިރާގުން ބުންޏެވެ. މި ސައިކަލު
ލިބޭ ނަސީބުވެރިޔާއަށް ސައިކަލުގެ ހިދުމަތްތަކުން އުމުރު ދުވަހަށް 15 ޕަސެންޓުގެ
ޑިސްކައުންޓެއް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ. އަދި ހޮންޑާގެ ތަމްރީނު ލިބިފައިވާ ޓެކްނީޝަނުންގެ
އިތުބާރު ހިފޭ ހިދުމަތްތަކާއެކު، ސައިކަލަށް ބޭނުންވާ ސްޕެއަރ ޕާޓްސްތައް ޝީޝާ
މެދުވެރިކޮށް ފަސޭހަކަމާއެކު ލިބެން ހުންނާނެކަމަށް ވެސް ބުންޏެވެ. 

ދިރާގުޕޭ އީ-ވޮލެޓްއިން ލިބޭ ހިދުމަތްތަކުގެ ތެރޭގައި، ބިލް ސްޕްލިޓިން، ސަބް ވޮލެޓް، ޕިއާ-ޓު-ޕިއާ ޓްރާންސްފާ، ފަވަރަ ޓްރާންސްފާ އަދި ބިލަށް ފައިސާދެއްކުން ފަދަ
ހިދުމަތްތައް ލިބޭނެ އެވެ. 

ދިރާގު ފިންޓެކުން ދިރާގުޕޭ މެދުވެރިކޮށް މިފަދަ އެކި ޕްރޮމޯޝަންތައް ދިރާގު ކަސްޓަމަރުންނަށް ދަނީ ފޯރުކޮށްދެމުންނެވެ.