އެންމެ ފަހު ވަގުތު ގަވާއިދަށް ގެނައި ބަދަލުން ތުރުކީގެ އިލެކްޝަން ކޮމިޝަނަށް ފާޑުކިޔުން
އެންމެ ފަހު ވަގުތު ގަވާއިދަށް ގެނައި ބަދަލުން ތުރުކީގެ އިލެކްޝަން ކޮމިޝަނަށް ފާޑުކިޔުން

އިސްތަންބޫލް (އެޕްރީލް 17) - ތުރުކީގެ ރައީސް އަށް އާދަޔާޚިލާފަށް ބޮޑެތި ބާރުތައް ދިނުމަށް ގާނޫނު އަސާސީ އަށް ގެންނަން ހުށަހެޅި އިސްލާހުތަކަށް ރައްޔިތުންގެ ފެންނަ ނުފެން ވޯޓު ނެގުމުގައި އެންމެ ފަހު ވަގުތު އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ގަވާއިދަށް ގެނައި ބަދަލަށް އިދިކޮޅު ފަރާތްތަކުން ފާޑު ކިޔަން ފަށައިފި އެވެ.

އެންމެ ފަހު ވަގުތު ގަވާއިދަށް ގެނައި ބަދަލުން ތުރުކީގެ އިލެކްޝަން ކޮމިޝަނަށް ފާޑުކިޔުން
އެންމެ ފަހު ވަގުތު ގަވާއިދަށް ގެނައި ބަދަލުން ތުރުކީގެ އިލެކްޝަން ކޮމިޝަނަށް ފާޑުކިޔުން

ވޯޓުލާން އެއް ދުވަހަށް ވެފައި ވަނިކޮށް ތުރުކީގެ ސްޕރީމް އިލެކްޝަން ބޯޑުން ނިންމާފައި ވަނީ ސްޓޭމްޕް ނުޖަހާ ހުންނަ ވޯޓު ކަރުދާހަކީ ވެސް ސައްހަ އެއްޗެއް ކަމަށް ބަލައިގަންނާނެ ކަމަށެވެ. އަދި އެއީ ބާތިލް ވޯޓު ކަރުދާހެއް ކަމަށް ނިންމާނީ އެއީ ބޭރުން ބަޔަކު ގެނައި ކަރުދާހެއްކަން ސާބިތުވެއްޖެ ނަމަ ކަމަށް ވެސް ބުނެފައިވެ އެވެ. އިލެކްޝަން ކޮމިޝަނުގެ މި ނިންމުމަށް ވަރަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒުވި އެވެ.

އެންމެ ފަހު ވަގުތު ގަވާއިދަށް ގެނައި ބަދަލުން ތުރުކީގެ އިލެކްޝަން ކޮމިޝަނަށް ފާޑުކިޔުން
އެންމެ ފަހު ވަގުތު ގަވާއިދަށް ގެނައި ބަދަލުން ތުރުކީގެ އިލެކްޝަން ކޮމިޝަނަށް ފާޑުކިޔުން

އިދިކޮޅު ރިޕަބްލިކަން ޕީޕަލްސް ޕާޓީން ވަނީ 60 ޕަސެންޓް ވޯޓު އަލުން ގުނުމަށް ގޮވާލައިފަ އެވެ. އެއީ ސްޓޭމްޕް ނުޖަހާ ވޯޓު ކަރުދާސް ބޭނުންކޮށްފައިވާތީ އެވެ. އެ ޕާޓީގެ ޕާލަމެންޓް މެންބަރު ސެޒްގިން ޓަންރިކުލޫ ވިދާޅުވީ މެޗު ފެށުމަށް ފަހު ގަވާއިދު ބަދަލު ނުކުރެވޭނެ ކަމަށެވެ. ވޯޓުލާން ޖެހޭ ގޮތާ މެދު ހިނގި ހަމަނުޖެހުމެއްގައި އިރުމަތީގެ ޕްރޮވިންސް ދިޔަރްބާކިރުގައި ވަނީ ތިން މީހުން މަރުވެފަ އެވެ.

އެންމެ ފަހު ވަގުތު ގަވާއިދަށް ގެނައި ބަދަލުން ތުރުކީގެ އިލެކްޝަން ކޮމިޝަނަށް ފާޑުކިޔުން
އެންމެ ފަހު ވަގުތު ގަވާއިދަށް ގެނައި ބަދަލުން ތުރުކީގެ އިލެކްޝަން ކޮމިޝަނަށް ފާޑުކިޔުން

ޖުމްހޫރިއްޔަތަކަށް ތުރުކީ ބަދަލުވި ފަހުން އެ ގައުމުގެ ގާނޫނު އަސާސީ އަށް ގެނައި އެންމެ ބޮޑު ބަދަލަށް ރައްޔިތުންގެ ފެންނަން ނުފެންނަ ވޯޓުގައި 99.45 ޕަސެންޓް ނަތީޖާ ސާފުކުރި އިރު ބަދަލުތަކަށް ރުހޭ ކަމަށް 51.37 ޕަސެންޓް މީހުން ވަނީ ވޯޓު ދީފަ އެވެ. ގާނޫނު އަސާސީ ބަދަލު ކުރަން ދެކޮޅު ކަމަށް ބުނެފައި ވަނީ 48.63 ޕަސެންޓް މީހުންނެވެ.

ގާނޫނު އަސާސީ އަށް މި ގެނައި ބަދަލާ އެކު ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް 2029 ވަނަ އަހަރާ ހަމައަށް ވެރިކަމުގައި ހުންނެވޭނެ އެވެ. ރައީސް އުރުދުޣާން ބޭނުންފުޅު ވަނީ ތުރުކީގައި އޮތް ބަރުލަމާނީ ނިޒާމުގެ ބަދަލުގައި ރިޔާސީ ނިޒާމެއް ގާއިމްކުރާށެވެ. އެއީ ގައުމު ޒަމާނީ ކުރުމަށް ކަމަށް އުރުދުޣާން ވިދާޅުވެފައިވެ އެވެ. އުރުދުޣާން ވިދާޅުވީ ތުރުކީ އަށް ގެންނަނީ އެމެރިކާ އާއި ފްރާންސްގައި ވެސް އޮތް ކަހަލަ ނިޒާމެއް ކަމަށެވެ. އުރުދުޣާން ވަނީ ނަތީޖާ އަށް އިހުތިރާމް ކުރުމަށް ގޮވާލައްވައިފަ އެވެ.

ތުރުކީގައި މަރުގެ އަދަބު ތަންފީޒު ކުރަން ފެނޭތޯ ބެލުމަށް ވެސް ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓެއް ނަގާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ސަރުކާރުގެ އިސް މަގާމުތަކާއި ކެބިނެޓަށް ބޭފުޅުން ހަމަޖެއްސުން

ރިޔާސީ ގަރާރުތައް ނެރުން

ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުން

ޕާލަމެންޓް އުވާލުމުގެ ބާރު

ނައިބް ރައީސުން އައްޔަން ކުރުމުގެ ބާރު

ކުއްލި ހާލަތު އިއުލާން ކުރުމުގެ ބާރު

ބޮޑު ވަޒީރުގެ މަގާމު އުވާލުން

އުރުދުޣާން ވިދާޅުވީ މި ބަދަލުތައް ގެންނަން ޖެހެނީ ތުރުކީ އަށް ސަލާމަތީ ގޮތުން ދިމާވާ ގޮންޖެހުންތަކުން މިންޖުވުމަށް އަވަސް ފިޔަވަޅު އެޅުމަށާއި މާޒީގައި ތަޖްރިބާކުރި ކޯލީޝަން ސަރުކާރުތައް ރޫޅުމުން ސަލާމަތްވުމަށް ކަމަށެވެ.

ތުރުކީގެ ބޮޑު ވަޒީރުކަން ދިހަ ވަރަކަށް އަހަރު ކުރެއްވުމަށް ފަހު އެ ގައުމުގެ ރައީސްކަމާ އުރުދުޣާން ހަވާލުވެވަޑައިގެންނެވީ 2014 ވަނަ އަހަރު އެވެ.

ގާނޫނު އަސާސީ އަށް ގެންނަ ބަދަލުގެ ތެރޭގައި ތުރުކީގައި ރިޔާސީ އަދި ޕާލަމެންޓްރީ އިންތިޚާބު ދެން ބާއްވާނީ ނޮވެމްބަރު 3، 2019 ގަ އެވެ. އަދި ރައީސް އަށް ފަސް އަހަރުގެ ދެ ދައުރު ލިބޭނެ އެވެ. އެހެން ކަމުން 2019 ވަނަ އަހަރުގެ އިންތިޚާބު އުރުދުޣާން ކާމިޔާބު ކުރައްވައިފި ނަމަ އިތުރު ދައުރަކަށް ކުރިމަތިލައްވާ 2029 އާ ހަމައަށް ވެރިކަމުގައި ހުންނެވުމުގެ ފުރުސަތު ލިބޭނެ އެވެ.