މިރޭ ކުޅޭ ވޯލްޑް ކަޕުގެ ފައިނަލް މެޗުގައި އާޖެންޓީނާގެ
ކެޕްޓަން ލިއޮނަލް މެސީއަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ސްޕެއިނުން ރާވަމުން އަންނަ
ކަމަށާއި އެކަމަކު އޭނާ މޭން-މާކު ނުކުރާނެ ކަމަށް ސްޕެއިނުގެ ކޯޗު ލުއިސް ޑެ ލަ
ފުއެންޓޭ ބުނެފި އެވެ.

ފައިނަލް މެޗުގެ ޕްރީ މެޗު ޕްރެސް ކޮންފަރެންސުގައި
ޑެ ލަ ފުއެންޓޭ ބުނީ، 8 ފަހަރު ބެލޮންޑިއޯ ހޯދާފައިވާ މެސީ ހުއްޓުވުމަށް
މޭން-ޓު-މޭން މާކިންއެއް ބޭނުންކުރުމަކީ ކިހާ ވަރެއްގެ ގޮންޖެހުމެއްކަން އޭނާގެ
އަމިއްލަ ތަޖުރިބާއިން އެނގޭ ކަމަށެވެ.

"އަހަންނަށް އޭނާ އެންމެ ފުރަތަމަ ފެނުނީ ސެވިއްޔާގެ ޒުވާން
ޓީމަށް ކޯޗުކޮށްދިން ދުވަސްވަރު،" އޭނާ ބުންޏެވެ. "އަހަރެމެން
ބާސެލޯނާއަށް ދިޔައިރު، މެސީ ކިޔާ ކުއްޖެއްގެ މޮޅު ވާހަކަ އަޑުއެހިން."

އެހެންވެ މެސީ މޭން-މާކު ކުރަން ކުޅުންތެރިޔަކާ
ހަވާލުކުރި ކަމަށާއި އެކަމނަކު ރީނދޫ ކާޑެއް ދައްކާފައި އޮތުމުން އޭނާ 70 ވަނަ
މިނެޓުގައި ބަދަލުކުރަން ޖެހުނީ ކަމަށް ޑެ ލަ ފުއެންޓޭ ބުންޏެވެ.

"އޭރު މެޗުގެ ނަތީޖާއަކީ
0-0. އެކަމަކު އޭގެ ފަހުން ދިޔަ 15 މިނެޓުގެ ތެރޭގައި މެސީ އަހަރެމެން ކޮޅަށް
ހަތަރު ގޯލު ޖެހި." އޭނާ ބުންޏޭވެ.

"އެހެންވީމާ މިފަހަރު އަހަރެމެން މޭން-ޓު-މޭން މާކިންއެއް
ބޭނުމެއް ނުކުރާނަން. އެކަމަކު ޔަގީނުން ވެސް އަހަރެމެން ވަރަށް ބޮޑަށް ސަމާލުވާނަން."

އުމުރުން 39 އަހަރުގެ މެސީ ވަނީ މި ފަހަރުގެ ވޯލްޑް
ކަޕްގައި އާޖެންޓީނާ ފައިނަލަށް ގެންގޮސްދިނުމުގައި މޮޅު ކުޅުމެއް ދައްކައިފަ
އެވެ. މިރޭގެ މެޗަކީ ބެލެވޭ ގޮތުގައި މެސީ ގައުމީ ޓީމުން ފެންނާނެ ފަހު ބޮޑު
މެޗެވެ.

"މެސީއަކީ ވަރަށް ހާއްސަ، އަދި ނަމޫނާ
ކުޅުންތެރިއެއް،" ޑެ ލަ ފުއެންޓޭ ބުންޏެވެ. "އޭނާގެ އުމުރުން މިހާ ދުވަސްވީއިރު
ވެސް ދައްކަމުންދާ ކުޅުމާއި، އޭނާގެ އަހުލާގާއި އުޅުމަކީ ޒުވާން އެތުލީޓުންނަށް
ހުރި ނަމޫނާއެއް."

މިރޭގެ މެޗަކީ ޑެ ލަ ފުއެންޓޭ އާއި އާޖެންޓީނާގެ
ކޯޗު ލިއޮނަލް ސްކަލޯނީގެ ދެމެދުގައި ހިނގާނެ ކުރިމަތިލުމެއް ވެސް މެ އެވެ. ސްކަލޯނީ
2017 ގައި އޭނާގެ ޕްރޮފެޝަނަލް ކޯޗިން ލައިސަންސްއަށް ކިޔަވަމުންދިޔައިރު ޑެ ލަ
ފުއެންޓޭއަކީ އޭނާގެ އިންސްޓްރަކްޓަރެކެވެ. އެ ދުވަސްވަރުން ފެށިގެން އެ ދެ
މީހުންގެ ދެމެދުގައި ވަނީ ގާތް އެކުވެރިކަމެއް އުފެދިފަ އެވެ.

ޑެ ލަ ފުއެންޓޭ ބުނީ ސްކޮލަނީ އާއި އާޖެންޓީނާ އަށް
އޭނާ ވަރަށް އިހުތިރާމު ކަމަށާއި، މިރޭގެ މެޗުގައި އާޖެންޓީނާގެ ކުޅުން
ހަލާކުކޮށްލާނެ އެއްވެސް ރޭވުމެއް ނެތް ކަމަށެވެ.

އެމީހުން ވަނީ 
މި ފަހަރުން ވޯލްޑް ކަޕް، ދެ ކޮޕާ އެމެރިކާ، އަދި ފައިނަލިސިމާ ވެސް
ކާމިޔާބުކޮށްފައި. އެމީހުންނަށް އަހަރެންގެ ހިތުގައި އޮތީ ހުސް އިހުތިރާމް.
އަހަރެން ގަބޫލުކުރަނީ ސްޕެއިން އަދި އާޖެންޓީނާގެ ވެސް ގޭމް ޕްލޭން
ބިނާވެގެންވާނީ ހުނަރާއި ރީތި ފުޓްބޯޅައިގެ މައްޗަށް ކަމަށް،"