އައިކެއާ އޮޕްޓިކަލްސްއިން ޖުލައި މަހަށް ހާއްސަ އޮފާތަކެއް އިއުލާނުކޮށްފި އެވެ. 

އައިކެއާއިން މި މަހަށް ހުށަހަޅާފައިވާ ފުރަތަމަ އޮފާ އަކީ ނަންބަރު ދެ އައިނު ގަންނަ ކަސްޓަމަރުންނަށް ހާއްސަ އޮފާއެކެވެ. މި އޮފާގެ ދަށުން ދެ އައިނު ގަތުމުން އެއް ފްރޭމުން 30 ޕަސެންޓުގެ ބޮޑު ޑިސްކައުންޓެއް ލިބޭނެ އެވެ.

އައިކެއާއިން
ބުނީ ދޭ ދެވަނަ ފްރޭމަކީ އަމިއްލަ ބޭނުމަށް ނުވަތަ އެހެން
މީހަކަށް ވެސް ނެގިދާނެ ފްރޭމެއް ކަމަށެވެ. އެހެންވެ، އައިނު އަޅާ އިތުރު މީހަކަށް ވެސް މި އޮފާގެ ދަށުން، ދުނިޔޭގެ މަޝްހޫރު ބްރޭންޑުތަކުގެ ފްރޭމްތަކުގެ ތެރެއިން ފްރޭމެއް ހެޔޮ އަގުގައި ގަނެވޭނެ ކަމަށް ބުންޏެވެ. 

މާލޭގައި ހުންނަ އައިކެއާގެ ފިހާރައިގެ އެތެރެ. -- ފޮޓޯ: އައިކެއާ

މާލޭގައި ހުންނަ އައިކެއާގެ ފިހާރައިގެ އެތެރެ. -- ފޮޓޯ: އައިކެއާ

އައިކެއާއިން މި މަހަށް ހުށަހަޅާފައިވާ ދެ ވަނަ އޮފާ އަކީ ޒަމާނީ
ޓެކްނޮލޮޖީ ބޭނުންކޮށްގެން އުފައްދާފައިވާ ޒައިސް ސްމާޓްލައިފް ލެންސާ އެކު
ފްރޭމް ގަންނަ ކަސްޓަމަރުންނަށް އޯރާ
ބްރޭންޑްގެ އަވިއައިނެއް ހިލޭ ލިބޭ އޮފާ އެކެވެ.

ޒައިސް ސްމާޓްލައިފް ލެންސަކީ މިހާރުގެ ޑިޖިޓަލް ދިރިއުޅުމަށް ހާއްސަކޮށް، ހުރިހާ
ދުރުމިނަކުން ވެސް ސާފުކޮށް ފެންނާނެހެން ފަރުމާކޮށްފައިވާ ފެންވަރު ރަނގަޅު
ލެންސެއް ކަމަށް އައިކެއާއިން ބުންޏެވެ. 

އައިކެއާއިން ޖުލައި މަހަށް ހާއްސަކޮށް ތައާރަފްކުރި ދެ އޮފާ އަކީ އެއް ޓްރާންސެކްޝަނެއްގެ ތެރެއިން ވެސް ބޭނުންކުރެވޭނެ އޮފާތަކެކެވެ. އަދި އައިކެއާގެ މެންބަޝިޕްގެ ފައިދާތައް ވެސް މި
އޮފާތަކާ އެކު ލިބޭނެ އެވެ.

މި ޕްރޮމޯޝަން އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓެއްގައި ވެސް ކުރިއަށް ދާނެ އެވެ.