ގޭގެ މަސައްކަތު މީހާގެ ކައިވެންޏާއި ހަނީމޫންގެ ހުރިހާ ހަރަދެއް ކުރީ ސާހިބާ
ގޭގެ މަސައްކަތު މީހާގެ ކައިވެންޏާއި ހަނީމޫންގެ ހުރިހާ ހަރަދެއް ކުރީ ސާހިބާ

ސައޫދީ އަރަބިއްޔާގެ ޖިއްދާގެ ގެއެއްގައި މަސައްކަތު މީހެއްގެ ވަޒީފާ އަދާކުރާ އޭޝިއާ އަންހެނެއްގެ ކައިވެންޏާއި ހަނީމޫންގެ ހުރިހާ ހަރަދެއް، އެ ގޭގެ ވެރިމީހާ ކޮށްދީގެން އެތައް ބައެއްގެ ލޯބި ހޯދައިފި އެވެ.

ސައޫދީ ގެޒެޓުން ބުނި ގޮތުގައި ކައިވެނީގެ އުފަލުގައި ބޮޑު ޕާޓީއެއް ބާއްވައި، މަސައްކަތު މީހާގެ އެކުވެރިންނާއި އެހެން ބައެއް މީހުންނަށް ވެސް އެ ޕާޓީއަށް ދައުވަތު ދިނެވެ. މި ޕާޓީގެ ހަރަދުތަކުގެ އިތުރުން ދެމަފިރިންގެ ހަނީމޫންގެ ހުރިހާ ހަރަދެއް ކުރީ ވެސް، މަސައްކަތު މީހާގެ އަންހެން ސާހިބު މީހާ އެވެ.

ބިދޭސީ މަސައްކަތު މީހުންނާ މެދު އިހާނެތިކޮށް ހިތުމުގެ މައްސަލަ ބޮޑު ސައޫދީގައި މި ރީތި ނަމޫނާ ދެއްކި މީހާއަށް ސޯޝަލް މީޑިއާގައި އެތައް ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ. އަދި އެ ޕާޓީގެ ފޮޓޯތައް ވެސް އެތައް ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ދައުރުކުރަމުންނެވެ.