16 އެޕްރީލް 2017 - 17:58

އަންނަ މަހު ފަށާ ކޯސްތަކާ ދިމާކޮށް "ޕްރޮމޯޝަން ވީކް"ގެ ނަމުގައި ޚާއްސަ ހަރަކާތެއް އެވިޑް ކޮލެޖުން ފަށައިފި އެވެ.
މިިދިޔަ ހުކުރުދުވަހުން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ކުރިއަށް ގެންދާ ޕްރޮމޯޝަން ވީކްގެ ހަރަކާތްތައް އޮންނާނީ އަމީނީމަގުގައި ހުންނަ އެވިޑްގެ މައި ކެމްޕަހުގައި، ކޮންމެ ދުވަހެއްގެ ހަވީރު 4:00-6:00 އަށް އަދި ރޭގަނޑު 8:00-10:00 އަށެވެ.
އެވިޑް ކޮލެޖުން ބުނީ ޕްރޮމޯޝަން ވީކްގެ ތެރޭގައި ތަފާތު އޮފާތައް ހުށަހަޅާނެ ކަމަށެވެ. ކޯސްތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ތިން ދަރިވަރަަކަށް ސްކޮލަޝިޕަކާއި ހުރިހާ ޕްރޮގްރާމަކުން ތަފާތު އަދަދުތަކުގެ ޑިސްކައުންޓް ދިނުން ވެސް މި ޕްރޮމޯޝަން ވީކްގައި ހިމެނެ އެވެ. އޭގެ ތެރޭގައި ސެޓްފިކެޓް ލެވެލް 3 އިން ފެށިގެން މާސްޓާސް ޑިގްރީގެ ކޯސްތަކާ ހަމައަށް ޑިސްކައުންޓް ލިބޭނެ އެވެ.
މި އަހަރު މުޅިން އަލަށް ފަށަން ހަމަޖައްސާފައިވާ ޓީޗިންގެ މާސްޓާސް ފެންވަރުގެ ދެ ޕްރޮގްރާމަކުން ވެސް ހާއްސަ ޑިސްކައުންޓެއް ލިބޭނެ ކަމަށް އެވިޑުން ބުންޏެވެ.
އެ ކޮލެޖުން އަބަދު ވެސް މަސައްކަތް ކުރަނީ ކޯސްތަކުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަކަމާ އެކު ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް ބުންޏެވެ. ބޭރުގެ ޔުނިވާސިޓީތަކާ ގުޅިގެން، އެވިޑްގެ ޕްރޮގްރާމްތައް ވެސް ހިންގަމުން އަންނަ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އިތުރު ޔުނިވާސިޓީތަކާ އެކު ކޯސްތައް ހިންގަން ނިންމާފައިވާ ކަމަށް ވެސް އެވިޑުން ބުންޏެވެ.