އިންޝުއަ ނުކުރާ އުޅަނދުގައި ދައުލަތުގެ މުދާ ނުއުފުލޭ ގޮތަށް ހަދައިފި
އިންޝުއަ ނުކުރާ އުޅަނދުގައި ދައުލަތުގެ މުދާ ނުއުފުލޭ ގޮތަށް ހަދައިފި

އިންޝުއަކޮށްފައި ހުންނަ އުޅަނދުތަކުގައި ނޫން ގޮތަކަށް ދައުލަތުގެ މުދާ ނުއުފުލޭ ގޮތަށް ރައީސް އަބްދުﷲ ޔާމީން މިއަދު ހަމަޖައްސައިފި އެވެ.

ރައީސް އޮފީހުން ބުނީ ދައުލަތުގެ ބައެއް މުދާ އެއް ރަށުން އަނެއް ރަށަށް ގެންދާއިރު އިންޝުއަ ނުކުރާ އުޅަނދުތަކުގައި ވެސް ގެންދާ ކަމަށެވެ. އެހެން ހުއްޓާ ކަނޑުމަތީގައި ހިނގާ ހާދިސާތަކުގެ ސަބަބުން ލިބޭ ގެއްލުމަށް ސަރުކާރުން ބޮޑު ހަރަދެއް ކުރަމުން އަންނަ ކަމަށް އެ އޮފީހުން ބުންޏެވެ.

"މިއީ ކަނޑުމަތީގައި ދިމާވާ ހާދިސާތަކުގެ ސަބަބުން މުދަލަށް ލިބޭ ގެއްލުމަށް ސަރުކާރުން ބޮޑެތި ހޭދަކުރައްވަން ޖެހިވަޑައިގަންނަވާތީ މިފަދަ ކަންކަމަށް ދައުލަތުގެ ބަޖެޓުން ކުރައްވަން ޖެހޭ ހަރަދު ކުޑަކުރެއްވުމުގެ ގޮތުންނެވެ،" ރައީސް އޮފީހުން ނެރުނު ބަޔާނުގައިވެ އެވެ.

އިންޝުއަނުކޮށް ހުއްޓައި މިދިޔަ އަހަރުގެ ތެރޭގައި ވެސް ކަނޑުމަތީގެ ބޮޑެތި ހާދިސާތަކެއް ހިނގި އެވެ.