އަދިވެސް ބޭނުންކުރަން ލިބޭނެ ނަމައޭ ހިތަށް އަރާ ވަރުގެ ފޯނެއް ގެންގުޅުނިންތަ؟
އަދިވެސް ބޭނުންކުރަން ލިބޭނެ ނަމައޭ ހިތަށް އަރާ ވަރުގެ ފޯނެއް ގެންގުޅުނިންތަ؟

ގިނަ މީހުން ދައްކަނީ ނޮކިއާ ފޯނެއްގެ ވާހަކަ އެވެ. ހިތުންނުފިލައިގެން އުޅެނީ އެ ފޯނެކެވެ. ގެންގުޅެން ފަސޭހައީ އެވެ. ޗާޖު ހުސްވެދާނެތީ ވިސްނަން ވެސް ނުޖެހެ އެވެ. ކޯލް އަދި މެސެޖުކުރުން ހަމަ އެއް އަތުންނެވެ.

އަދިވެސް ބޭނުންކުރަން ލިބޭނެ ނަމައޭ ހިތަށް އަރާ ވަރުގެ ފޯނެއް ގެންގުޅުނިންތަ؟
އަދިވެސް ބޭނުންކުރަން ލިބޭނެ ނަމައޭ ހިތަށް އަރާ ވަރުގެ ފޯނެއް ގެންގުޅުނިންތަ؟

ނޮކިއާ 9210 އަކީ ވެސް ހަނދާން ނައްތާލަން އުނދަގޫ ފޯނެއް ކަމަށް މީހަކު ބުންޏެވެ. އެއިރާ ބަލާފައި އެއީ ހަމަ ސްމާޓްފޯނެކެވެ. ސްކްރީން ބޮޑެވެ. ބެޓެރީ ރަނގަޅެވެ. ފިޒިކަލް ކީބޯޑެކެވެ.

ނޮކިއާ 9210 ތައާރުފުކުރީ 2000 ވަނަ އަހަރު އެވެ. ސްކްރީން ސައިޒަކީ 4.5 އިންޗި އެވެ. އިންޓާނަލް ސްޓޯރޭޖް 40އެމްބީ އެވެ. "އެއިޓް އެމްބީ" ރޭމް އެވެ.

އެ ފޯނުގައި ބްލޫޓޫތެއް ނުހުރެ އެވެ. އޯޑިއޯ 3.5އެމްއެމް ޖެކެއް ނެތެވެ. ޖީޕީއެސް، ޔޫއެސްބީ އަދި ރޭޑިއޯ ވެސް ނެތެވެ. އެކަމަކު "އެމްއެމްސީ" ކާޑް ސްލޮޓެއް އަދި "އިންފްރާރެޑް" ޕޯޓެއް އިނދެ އެވެ.

ސްމާޓްފޯނުތަކުގައި ކިތަންމެ ހައިބަތެއް ހުރި ނަމަވެސް، އަދި ވެސް ބޭނުންކުރަން ލިބޭނެ ނަމައޭ ބުނާ ވަރުގެ ސްމާޓްފޯނެއް ގެންގުޅުނު ކަމަކަށް މީހަކު ނުބުނެ އެވެ. އެއީ ކީއްވެތޯ މީހަކާ ސުވާލުކުރުމުން ބުނީ، ފޯނުތަކަށް ހިތްޖެހެނީ އެޕްލިކޭޝަންތަކުގެ ސަބަބުން ކަމަށެވެ. އެޕްލިކޭޝަންތަކަށް ގެންނަ ކުރިއެރުންތަކާ ހެދި މުސްކުޅި ފޯނުތައް ބޭނުންކުރަން ދަތިވުމަކީ ވެސް ވަކި ފޯނެއްގެ ހަނދާންތައް ދެމިނުހުންނަ ކަމެއް ކަމެކެވެ.

ނޮކިއާ ބައްތި ފޯނު އަދިވެސް ގިނަ ބަޔަކު ބޭނުންކުރެ އެވެ. އެއް ވެސް ފިކުރެއް ނެތި އެވެ. ދުވާލަކު ދޮޅަހަކަށް ފަހަރު ވެއްޓުނަސް ބަލާނެ ކަމެއް ނެތެވެ. ނަގާފައި ޖީބަށް ލާންވީ އެވެ. ދެން ނަގާނީ ކޯލެއް ކުރަންވީމަ އެވެ. ބަރާބަރަށް މަސައްކަތްކުރާނެ އެވެ.

ބޮޑު ފޯނެއް އަދި ކުޑަ ފޯނެއް ގެންގުޅުމަކީ އަދި ވެސް ގިނަ ބައެއްގެ އާދައެކެވެ. ކުއްލި ބޭނުމެއް ޖެހިދާނެ ކަމަށް ގޭގައި ނޮކިއާ ބައްތި ފޯނެއް އޮންނަން ޖެހެ އެވެ. ނޮކިއާ 3310 އަލުން މި އަހަރު މާކެޓަށް ނެރުމުން ވެސް ގިނަ މީހުން ފާޅުކުރީ އެ ޝުއޫރެވެ.

ނޮކިއާ 3310 އަކީ ހަގީގަތުގައި، ދިވެހިންގެ ތެރޭގައި މަޝްހޫރު ބައްތި ފޯނެއް ނޫނެވެ. އެކަމަކު ވެސް އޭގެ ފޯނެއް ހޯދަން ގިނަ ބަޔަކު ބޭނުން ވެ އެވެ. ގޭގައި ބޭއްވުމަށެވެ. ކުއްލި ކޯލުތައް ކުރުމަށެވެ. އެހެން ވީމާ ބުނެބަލާށެވެ. ހަނދާން ނައްތާލަން އުނދަގޫވާނީ ކޮން ކަހަލަ ފޯނެއްގެ މަތިން ހެއްޔެވެ؟