މީހުން ކާ ތިން ސިންގާ އަށް "އުމުރު ދުވަހުގެ ހުކުމެއް" އިއްވައިފި
މީހުން ކާ ތިން ސިންގާ އަށް "އުމުރު ދުވަހުގެ ހުކުމެއް" އިއްވައިފި

ގުޖުރާތު (ޖޫން 16) - އިންސާނުން ކާ ކަމަށް ސާބިތުވި އިންޑިއާގެ ތިން ސިންގާ "އުމުރު ދުވަހު ކޮށީގައި ބަންދުކޮށްފައި" ބޭތިއްބުމަށް އެ ގައުމުގެ އޮފިޝަލުން ހުކުމްކޮށްފި އެވެ.

މީހުން ކާ ތިން ސިންގާ އަށް "އުމުރު ދުވަހުގެ ހުކުމެއް" އިއްވައިފި
މީހުން ކާ ތިން ސިންގާ އަށް "އުމުރު ދުވަހުގެ ހުކުމެއް" އިއްވައިފި

ސިންގާގެ ހަމަލާތަކުގައި މާޗް މަހުން ފެށިގެން ތިން މީހުން މަރާލާފައިވާތީ ގުޖުރާތުގެ ގީރު ސެންކުޗުއަރީން ވަނީ 18 ސިންގާ ހިފައިފަ އެވެ. އަދި މި ސިންގާތަކުގެ ބޮޑުކަމުދާ ތަކެތި ޓެސްޓްކުރި އިރު ތިން ސިންގާއަކުން ވަނީ އިންސާނުން ކައިފައިވާކަމުގެ ނިޝާންތައް ފެނިފައި ކަމަށް ގުޖުރާތުގެ ޗީފް ކޮންޒަވޭޓަރު އޭޕީ ސިންގް ވިދާޅުވި އެވެ. އެއީ ފިރިހެން ސިންގާ އަކާއި އަންހެން ދެ ސިންގާއެކެވެ.

އޭނާ ވިދާޅުވީ އިންސާނުންނަށް ހަމަލާ ދީފައިވާ ކަމަށް ބެލެވެނީ ފިރިހެން ސިންގާއެއް ކަމަށާއި އަންހެން ދެ ސިންގާ ކައިފައި ވަނީ "ބާކީވި" މަސްތައް ކަމަށެވެ. ސިންގާ ކާލާފައި ވަނީ 14 އަހަރުގެ ކުޑަ ކުއްޖަކާއި 50 އަހަރުގެ އަންހެނަކާ އަދި 60 އަހަރުގެ ފިރިހެނެކެވެ.

ސިންގް ވިދާޅުވީ މީހުން ކާ ތިން ސިންގާ ބަންދުކުރި ނަމަވެސް އަނެއް 15 ސިންގާ ސެންކްޗުއަރީ އަށް ދޫކޮށްލާނެ ކަމަށެވެ.

އިންޑިއާގެ ސްޕްރީމް ކޯޓުން މީގެ ކުރިން ވަނީ ގުޖުރާތުގެ ސިންގާތައް އެއް ތަނެއްގައި ބޭތިއްބުމުގެ ބަދަލުގައި އެހެން ސްޓޭޓްތަކަށް ވެސް ބަދަލު ކުރުމަށް އަމުރެއް ނެރެފަ އެވެ. ނަމަވެސް މި އަމުރަށް ކިޔަމަންވުމަށް އެ ސްޓޭޓުން ވަނީ ދެކޮޅު ހަދައިފަ އެވެ.