14 އެޕްރީލް 2017 - 23:27

ޓެކްސަސް (އެޕްރީލް 14) - އެމެރިކާގެ ޓެކްސަސް ޔުނިވާސިޓީގެ ފާޚާނާގެ ތެރެއަށް ޚަތިމްތަކެއް ލާފައިވާ މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ޔުނިވާސިޓީގެ ސްޓޫޑެންޑް ޔޫނިއަން އިމާރާތުގެ ތިން ފާޚާނާއެއްގެ ތަށި ތެރެއަށް ޚަތިމްތައް އަޅާފައިވާ ފޮޓޯތައް ޓެކްސަސްގެ ބައެއް ނޫސްތަކުގައި ވަނީ ޖަހައިފަ އެވެ. ކެމްޕަސް ފުލުހުން ބުނީ މިއީ ވަރަށް އާދަޔާޚިލާފު ކަމެއް ކަމަށެވެ. ފުލުހުން މިހާރު ދަނީ މި ހާދިސާ ހިންގި ކަމަށް ބުނާ މާޗް 28 ވަނަ ދުވަހު ހަވީރު ފާޚާނާ އަށް ދިޔަ ހަ މީހަކު ހޯދަމުންނެވެ. ތަހުގީގު ކުރާ ފަރާތްތަކުން ދަނީ ސީސީޓީވީ ފުޓޭޖްތައް ވެސް ބަލަމުންނެވެ.
މުސްލިމް ސްޓޫޑެންޓް އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސައީދު ވިދާޅުވީ މިއީ ވަރަށް ހިތާމަވެރި ހާދިސާއެއް ކަމަށެވެ.