15 އެޕްރީލް 2017 - 05:45

ބޮލީވުޑްގެ މަޝްހޫރު ދެމަފިރިން ކަމަށްވާ އައިޝްވާރިއާ ރާއީ އާއި އަބިޝެކް ބައްޗަން ހިމަނައިގެން ސައުތު އިންޑިއާގެ މަޝްހޫރު ޑައިރެކްޓަރު މަނީ ރަތުނަމް ފިލްމެއް ހަދަން ވިސްނަމުން އަންނަ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. ރަތުނަމް ކުރިން ވެސް ވަނީ މި ދެ މީހުން ލައިގެން ދެ ފިލްމް ޑައިރެކްޓްކޮށްފަ އެވެ.
އޭގެ ތެރެއިން އެންމެ ކާމިޔާބު ފިލްމަކީ ގްރޫ (2007) އެވެ. އެހެން ނަމަވެސް އެ ދެ މީހުންނާ އެކު އޭނާ އެންމެ ފަހުން ހެދި ފިލްމް ރާވަން (2010) އަކީ ބޮޑު ފްލޮޕެކެވެ.
ރިޕޯޓްތައް ބުނާ ގޮތުން ރަތުނަމް ދެން އެންމެ އަވަހަށް ހަދާ ފިލްމުގައި ލީޑް ރޯލް ކުޅޭނީ އަބިޝެކްގެ ދެމަފިރިންނެވެ. އެކަމަކު މިކަމާ ބެހޭ ގޮތުން އެ ތިން މީހުން މިހާތަނަށް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.
ދާދި ފަހުން އަބިޝެކް ދިން އިންޓަވިއުއެއްގައި އޭނާ ވަނީ އަންހެނުންނާ އެކު އަލުން ސްކްރީން ހިއްސާ ކުރަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އެކަމަކު އަބިޝެކް ބުނީ ހަމަ ފިލްމެއް ކުޅެލުމުގެ ބޭނުމުގައި ދެ މީހުން އެކުގައި ސްކްރީނަށް އައުމުގެ ބޭނުމެއް ނެތް ކަމަށެވެ.
"އެންމެ މުހިއްމު އެއްޗަކީ ދެ މީހުން ވެސް ހިތްހަމަޖެހޭ ކަހަލަ ސްކްރިޕްޓެއް ލިބުން،" އޭނާ ބުންޏެވެ.
އައިޝްވަރިޔާ އާއި އަބިޝެކް އެކުގައި ކުޅުނު ބައެއް ފިލްމުތަކުގެ ތެރޭގައި ދޫމް (2006)، ކުޗް ނާ ކަހޯ (2003) އަދި ދާއި އަކްޝަރު ޕްރޭމް ކޭ (2000) ހިމެނެ އެވެ.
ބައެއް ރިޕޯޓްތައް ބުނާ ގޮތުން އަނޫރާގް ކެޝަޕްގެ ޕްރޮޑަކްޝަން ހައުސް ފެންޓަމް އިން ވެސް ވަނީ ބައްޗަން އާއިލާ އަށް ފިލްމެއް ހުށަހަޅައިފަ އެވެ.
"ގުލާބްޖާމޫ" ގެ ނަން ދީފައިވާ އެ ފިލްމްގެ ސްކްރީންޕްލޭއާ ދޭތެރޭ އަމީތާބް ބައްޗަން އާއި ޖާޔާ ބައްޗަން، އަބިޝެކް އަދި އޭޝް ހިތްހަމަޖެހުނުލެއް ބޮޑުކަމުން އެ މީހުން ވަނީ އެ ފިލްމަށް ފެހި ސިގްނަލް ދީފައި ކަމަށްވެ އެވެ.
އައިޝްވާރިއާ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ މިދިޔަ އަހަރު ރިލީޒް ކުރި "އޭ ދިލް ހޭ މުޝްކިލް" އެވެ. އަބިޝެކް އެންމެ ފަހުން ފެހުނީ "ހައުސްފުލް 3" އިންނެވެ.