ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ތިން އަހަރުގެ އެ އެއްބަސްވުމުގެ
ދަށުން، ނެޓްބޯލް
އެސޯސިއޭޝަނުން ކޮންމެ އަހަރަކު ބާއްވާ އިންޓަސްކޫލް ނެޓްބޯލް ޓޯނަމެންޓް
(ބީއެމްއެލް ރާއްޖެ ޖޫނިއާ ނެޓްބޯލް ޗެމްޕިއަންޝިޕް) އަދި ޖޫނިއާ ޗެމްޕިއަންޝިޕް
ޓޯނަމެންޓްއަށް ބޭންކުގެ އެހީތެރިކަން ފޯރުކޮށްދޭނެ އެވެ.
ރާއްޖޭގައި ނެޓްބޯޅަ
ކުރިއަރުވައި ތަރައްގީކޮށް، ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް އަމާޒުކޮށްގެން ނެޓްބޯލް
އެސޯސިއޭޝަނުން އެފަދަ މުބާރާތްތައް ގަވާއިދުން ބާއްވަ އެވެ.
ބީއެމްއެލްއިން ދަނީ
ޒުވާނުންނަށް އަމާޒުކޮށްގެން ހިންގާ ކުޅިވަރު ހަރަކާތްތަކާއި ގައުމީ އެސޯސިއޭޝަންތަކާއެކު
ގާއިމްކުރާ ސްޓްރެޓީޖިކް ޕާޓްނަޝިޕްތައް މެދުވެރިކޮށް މުޅި ރާއްޖޭގައި ކުޅިވަރުގެ
ހުނަރުތައް ތަރައްގީކުރަން މަސައްކަތް ކުރަމުންނެވެ.
އޭގެ ތެރޭގައި ފުޓްބޯލް
އެސޯސިއޭޝަނާއި ބާސްކެޓްބޯލް އެސޯސިއޭޝަނާއި މޯލްޑިވްސް އެކުއަޓިކްސް އެސޯސިއޭޝަނާއި ސާފިން އެސޯސިއޭޝަނާއި ޓެނިސް އެސޯސިއޭޝިއަންގެ އިތުރުން މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ ހިމެނެ އެވެ.