ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން: 800 ޗެމްޕިއަނުންގެ ދުވުމެއް!
ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން: 800 ޗެމްޕިއަނުންގެ ދުވުމެއް!

އެތައް ސަތޭކަ ދިވެހިންނާއި ދުނިޔޭގެ އެހެން 18 ގައުމެއްގެ ދުވުންތެރިންނެވެ. ޕްރޮފެޝަނަލް ދުވުންތެރިންނާއި ދުވުމަށް ލޯބިކުރާ އާއްމުންނެވެ. ކުރީގެ މަޝްހޫރު ދުވުންތެރިންނާއި ގައުމީ ޗެމްޕިއަނުންނެވެ. މިއީ ޓީއެފްޖީން ހުޅުމާލޭގައި މިއަދު ކުރިއަށް ގެންދިޔަ ކޮކާކޯލާ ލޯންގް ރަންގައި ދުވި 800 ދުވުންތެރިންގެ އެކި ގިންތިތަކެވެ. އެކަމަކު ރޭސް ނިންމާ ލައިން ހުރަސްކުރި ކޮންމެ ބައިވެރިޔަކީ ވެސް ޗެމްޕިއަނެކެވެ. ކޮންމެ ދުވުންތެރިއެއްގެ ކަރުގައި ވެސް މެޑަލެއް އެޅުވި އެވެ. އެންމެ ކުރިން ނިންމިޔަސް، އެންމެ ފަހުން ނިންމިޔަސް އަދި ޕްރޮފެޝަނަލް ދުވުންތެރިޔަކަށް ވިޔަސް އާދައިގެ ދުވުންތެރިޔަކަށް ވިޔަސް އެއްވެސް ތަފާތެއް ނެތެވެ.

ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން: 800 ޗެމްޕިއަނުންގެ ދުވުމެއް!
ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން: 800 ޗެމްޕިއަނުންގެ ދުވުމެއް!

"މިއީ އެންމެންގެ މެރެތަން. މި ރޭހުގައި މޮޅުވާނީ އެންމެ އަވަހަށް ނިންމާ ދުވުންތެރިޔާއެއް ނޫން. ރޭސް ނިންމާ އެންމެންނަކީ ވެސް ޗެމްޕިއަނުން،" ރާއްޖޭގެ އެންމެ ބޮޑު އެއް ޖިމް ކަމަށްވާ ޓީއެފްޖީގެ ޑިރެކްޓަރު އަދި ހެޑް ޓްރެއިނަރު ހުސެއިން ޒިނާން ބުންޏެވެ.

ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން: 800 ޗެމްޕިއަނުންގެ ދުވުމެއް!
ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން: 800 ޗެމްޕިއަނުންގެ ދުވުމެއް!

އުފާވެރި އާއިލާ މާހައުލެއްގައި ކުރިއަށް ގެންދިޔަ މި ރޭސް ހުރިހާ ގޮތަކުން ވެސް ކާމިޔާބެވެ. ހުޅުމާލޭގެ ހިތްފަސޭހަ މާހައުލުގައި ދުވަމުން ދިޔައިރު އިންތިޒާމްތައް އެހާމެ ފުރިހަމަ އެވެ. ދުވުންތެރިންގެ ބިބުގައި ހަރުކޮށްފައިވާ އިލެކްޓްރޯނިކް ޗިޕް މެދުވެރިކޮށް ރޭސް ނިންމާ ޓައިމިން ވަގުތުން ބަލައިލެވޭއިރު، ދުވުންތެރިންނަށް ބޭނުންވާނެ އެހެނިހެން އިންތިޒާމްތައް ވަނީ ހަމަޖައްސައިދީފަ އެވެ.

ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން: 800 ޗެމްޕިއަނުންގެ ދުވުމެއް!
ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން: 800 ޗެމްޕިއަނުންގެ ދުވުމެއް!

ރޭހުގައި ދުވި އެންމެ ފާހަގަކޮށްލެވޭ ދުވުންތެރިޔަކީ ދުނިޔޭގެ 125 ގައުމެއްގައި 300 އެއްހާ މެރެތަން ދުވެފައިވާ އެމެރިކާގެ ބްރެއިޓް ވީނާ އެވެ. އޭނާއާ އެކު ރާއްޖޭގެ މެރެތަން ހީރޯ ޑރ. ހުސެއިން ހަލީމް (ކުޑަހުސެން) ދުވިއިރު ރާއްޖޭގެ ފާހަގަކޮށްލެވޭ ގިނަ އަދަދެއްގެ ދުވުންތެރިން ވެސް ދުވި އެވެ. އެކަމަކު ގިނައީ ދުވުމަށް ލޯބިކުރާ އާއްމުންނެވެ. ޕްރޮފެޝަނަލް ތަފާތު ވަޒީފާތަކުގައި މަސައްކަތްކުރާ ފަރާތްތަކާއި ޒުވާނުންނާއި އުމުރުންދުވަސްވީ މީހުންނާއި ކުޑަކުދިން ވެސް ހިމެނެ އެވެ.

ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން: 800 ޗެމްޕިއަނުންގެ ދުވުމެއް!
ޓީއެފްޖީ ކޮކާކޯލާ ލޯންގް ރަން: 800 ޗެމްޕިއަނުންގެ ދުވުމެއް!

ހުޅުމާލޭ ބާބަކިއޫ ސަރަހައްދުން ފަށައިގެން ހުޅުމާލެ ވަށައި ދުވަން ކަނޑައަޅާފައިވާ މި އިވެންޓުގެ ފުރަތަމަ ރޭސް ކަމަށްވާ މެރެތަން ފެށީ މެންދަމު 3:20 ގަ އެވެ. ހުޅުމާލެ ވަށައި އަށް ބުރުން ޖަހާ 42 ކިލޯމީޓަރުގެ ރޭހަށް ފަހު ހެނދުނު 6:20 ގައި ފެށީ ހުޅުމާލެ ވަށައި ހަތަރު ބުރު ޖަހަން ޖެހޭ 21 ކިލޯމީޓަރުގެ ހާފް މެރެތަން ރޭހެވެ. އެއަށް ފަހު 10 ކިލޯމީޓަރު ރޭސް 7:20 ފެށުމަށް ފަހު އެންމެ ގިނަ މީހުން ބައިވެރިވި ފަސްކިލޯމީޓަރުގެ ރޭސް ފެށީ 8:20 ގަ އެވެ.

ރޭސް ކުރިއަށް ދިޔައިރު ދުވުންތެރިންގެ އާއިލާ މެމްބަރުންނާއި ގާތް މީހުންގެ އިތުރުން ގިނަ އަދަދެއްގެ އާއްމުން ވެސް އޮތީ އެ ސަރަހައްދަށް ޖަމާވެފަ އެވެ. ރޭސް ނިންމާ ބައިވެރިންނަށާއި ބުރުތައް ފުރިހަމަކުރަން ދިޔަ ދުވުންތެރިންނަށް ސާބަހާއި ހިތްވަރު ދެމުން ދިޔަ އެވެ. ޓީއެފްޖީން ރާވާފައި ވަނީ ކުރިއަށް އޮތްތަނުގައި މި އިވެންޓް މިއަށް ވުރެ ފުޅާކޮށް ވަރަށް ބޮޑަށް އާއިލީ އިވެންޓެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށެވެ.

"އަޅުގަނޑުމެން އެބަ ވިސްނަން ބުރާސްފަތި ދުވަހު ހެނދުން ފަށައިގެން ހުކުރު ދުވަހުގެ ހެނދުނާ ހަމަޔަށް މި އިވެންޓް ކުރިއަށް ގެންދަން. މުޅި އާއިލާ މިތަނަށް އައިސް އެންމެން އުފާވެރި ވަގުތުތަކެއް ހޭދަކޮށްލެވޭ ގޮތަކަށް ރާވަނީ،" ޒިނާން ބުންޏެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި ޖާގަ އިތުރުކުރަން ވެސް ޓީއެފްޖީން ވިސްނަ އެވެ. އެގޮތުން ޕާޓްނަރުންގެ އެދުމާ ވެސް އެކު އަންނަ އަހަރު 1500 ޖާގަ ހުޅުވާލަން ގަސްދުކޮށްފައިވާ ކަމަށް ޒިނާން ބުންޏެވެ.

"އަޅުގަނޑުމެން މީގެ ފަސް އަހަރު ކުދިން 200 އެއްހާ ދުވުންތެރިންނާ އެކު ފެށި ރޭސް މިހާރު މިވަނީ ވަރަށް ބޮޑަށް ފުޅާވެފައި. މި ފަހަރު އަޅުގަނޑުމެން ކަނޑައެޅީ 800 ޖާގަ. އެކަމަކު އެއަށް ވުރެ ގިނައިން ބައިވެރިވާން ބޭނުންވި. އަންނަ އަހަރު 1500 އާ ހަމަޔަށް ގެންދަން ރެޑީވާނަން،" ޒިނާން ބުންޏެވެ.

މި ފަހަރުގެ ރޭހުގައި ދުނިޔޭގެ ތަފާތު 19 ގައުމެއްގެ ދުވުންތެރިން ބައިވެރިވި އެވެ. ޓޫރިސްޓުންގެ ގޮތުގައި ދުވުމަށް މުޅި ދުނިޔޭގައި ދަތުރުކުރާ ދުވުންތެރިން ރާއްޖެ އައިސް މި ރޭހުގައި ވާދަކުރުމަކީ ޓީއެފްޖީ އަށް ލިބޭ ބޮޑު އުފަލެކެވެ.

ރޭހުގެ އިންތިޒާމްތައް ފުރިހަމަވުމުގެ އެންމެ ބޮޑު ޝުކުރެއް ހައްގުވަނީ ޓީއެފްޖީގެ މުއައްޒަފުންނަށެވެ. ޒިނާން ބުނި ގޮތުގައި ޓީއެފްޖީގެ މުއައްޒަފުންނާއި އެތަނުގެ ވަސީލަތްތައް ބޭނުންކޮށްގެން މި ފަދަ އިވެންޓެއް ބޭއްވުމުގެ އެންމެ ބޮޑު ބޭނުމަކީ އާއްމުންނަށް އުފާވެރި ތަޖުރިބާއެއްކުރުމުގެ ފުރުސަތު ހޯދައިދިނުމެވެ.

"މި ރޭހުގެ އެންމެ މުހިއްމު ބައިވެރިޔަކީ ދުވުންތެރިން. މިހާ ގިނަ އަދަދަކަށް ދުވުންތެރިން ބައިވެރިވުމުން ދައްކައިދެނީ އަޅުގަނޑުމެންގެ ސިސްޓަމަށް، އަޅުގަނޑުމެންގެ މި އިވެންޓަށް ކުރާ އިތުބާރު. އަބަދުވެސް މަސައްކަތްކުރާނީ ވީހާ ވެސް ފުރިހަމަކަމާ އެކު ބާއްވަން،" ޒިނާން ބުންޏެވެ.

މިފަދަ ބޮޑު އިވެންޓެއް ބޭއްވުމަށް ޓީއެފްޖީއަށް އެހީވެދިން ހުރިހާ ފަރާތްތަކަށް ޒިނާން ޝުކުރުއަދާކުރި އެވެ. ހާއްސަކޮށް މެއިން ސްޕޮންސަރު ކޮކާކޯލާ އަދި އެމްޓީސީ އާއި އެޗްޑީސީން ފޯރުކޮށްދިން އެހީތެރިކަން އޭނާ ފާހަގަކުރި އެވެ. ދުވުންތެރިންނަށް ހުޅުމާލެ ދިއުމަށާއި ހުޅުމާލޭގައި ދަތުރުކުރުމަށް ފަސޭހަ އިންތިޒާމްތަކެއް އެމްޓީސީން ވަނީ ހަމަޖައްސައިދީފަ އެވެ.

ރާއްޖޭގެ ކޮކާކޯލާ ކުންފުނީގެ ޖެނެރަލް މެނޭޖަރު މިލިންދު ދެރާސަރީ ވިދާޅުވީ އިވެންޓް ވަރަށް ކާމިޔާބު ކަމަށާއި ކޮންމެ އަހަރަކު ވެސް ފެންނަނީ ފުރިހަމަ އިންތިޒާމްތަކާއި ކުރިއެރުން ކަމަށެވެ.

"އަހަރަށް ވުރެ އަހަރެއް އިންތިޒާމްތައް ފުރިހަމަވަމުން މި އަންނަނީ. މި ރޭހަށް އާއްމުން ވަރަށް ބޮޑަށް އިންތިޒާރުކުރޭ އަދި އެންމެންގެ މޫނުމަތިން ފެންނަނީ އުފާވެރިކަން،" އޭނާ ވިދާޅުވި އެވެ. "ޓީއެފްޖީއާ ބައިވެރިވެގެން މިފަދަ އިވެންޓެއް ކުރިއަށް ގެންދެވޭތީ ވަރަށް އުފާވޭ."

އޭނާ ވިދާޅުވީ މި އިވެންޓުގެ ކާމިޔާބީގައި ހުރިހާ ޕާޓްނަރުންގެ ހިއްސާ އެބައޮތް ކަމަށާއި ހާއްސަކޮށް ޓީއެފްޖީން މިކަމަށް ދުރާލާ ތައްޔާރުވާވުން ފާހަގަކުރި އެވެ. އެގޮތުން އަންނަ އަހަރުގެ ރޭހަށް މިހާރުން ފެށިގެން ތައްޔާރުވާން ފަށާނެ ކަމަށާއި އިވެންޓުގެ ކާމިޔާބީގެ ސިއްރަކީ އެއީ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮކާކޯލާ އަކީ 2013 ވަނަ އަހަރު ރޭސް ބާއްވަން ފެށީއްސުރެ މެއިން ޕާޓްނަރެވެ. އިންޝުއަރެންސް ޕާޓްނަރެއްގެ ގޮތުގައި އެލައިޑް އިންޝުއަރެންސް ބައިވެރިވާއިރު އެމްޓީސީސީ އާއި އެޗްޑީސީ އާއި އެސްޓީއޯގެ އެހީތެރިކަން ވެސް ޓީއެފްޖީ އަށް ލިބޭނެ އެވެ. ޕްރިންޓް ޕާޓްނަރަކަށް ޕްރިންޓް ލެބް، އެޓަޔާ ޕާޓްނަރަކަށް ސޮނީ ސްޕޯޓްސް، ފަސްޓް އެއިޑް ޕާޓްނަރަކަށް ރެޑްކްރެސެންޓް މޯލްޑިވްސް، ހޮޓެލް ޕާޓްނަރަކަށް ސަމަސެޓް ހޮޓެލް، ފޮޓޯގްރަފީ ޕާޓްނަރަކަށް ކޭއާރް ފޮޓޯގްރަފީ ހަރަކާތްތެރިވާއިރު އެންޓެޓެއިނިން ޕާޓްނަރަކީ ޑީޖޭ އުމަރެވެ. ކޮކާކޯލާ ޓީއެފްޖީ ލޯންގް ރަންގެ މީޑިއާ ޕާޓްނަރަކީ މިހާރު ނޫހެވެ.