މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ރޭސިން މުބާރާތެއް ބާއްވަނީ
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ކުޅުދުއްފުށީގައި ރޭސިން މުބާރާތެއް ބާއްވަނީ

ރޭސިން އެސޯސިއޭޝަނާއި ހދ. ކުޅުދުއްފުށީ މޮޓޯސް ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލާގެން، އެ ރަށުގައި ސައިކަލާއި ކާރު ރޭހެއް ބާއްވަން ނިންމައިފި އެވެ.

ކުޅުދުއްފުށީ މޮޓޯސްގެ އިވެންޓް މެނޭޖަރު ޖައުފަރު އަލީ "މިހާރު" އަށް ވިދާޅުވިީ މިމުބާރާތް ކުުރިއަަށް ދާނީ އަންނަ މަހު 19، 20، އަދި 21 ގައި ކަމަށެވެ. އަދި މިރޭހުުގެ ޕްރެކްޓިސް މިއަދާއި އަންނަ ހުކުރު އަދި މިމަހު 28 ވަނަ ދުވަހު އޮންނާނެ ކަމަށާއި މީގެ އިތުރުން އަންނަ މަހު ފަހެއް، އަދި 12 ގައި ވެސް އޮންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ނުވަ ކެޓަގަރީ އަކަށް ބަހާލާގެން ކުރިއަށް ގެންދާ މި ރޭސްތައް ކުރިއަށް ދާނީ 350 މީޓަރުގެ ޓްރެކެއްގައެވެ. މިމުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ އަންނަ މަހު ފަސް ވަނަ ދުވަހެވެ.

ޖައުފަރު ވިދާޅުވި ގޮތުގައި މުބާރާތުގައި ބައިވެރިވާން ވަކި ފީއެއް ނުނަގާނެ އެވެ. މިމުބާރާތުގެ ސައިކަލު ރޭހުގައި މިހާތަނަށް 33 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ. އަދި ސައިކަލު ރޭހުގައި ދެފަރާތެއް ބައިވެރިވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖައުފަރު ވިދާޅުވިގަތުގައި މިމުބާރާތުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރު ފުރިފައިވާ، އެއްގަމު އުނޅަދު ދުއްވުމުގެ ލައިސަންސް އޮންނަ މީހުންނަށެވެ. މުބާރާތުގައި ބައިވެރިވާން އެދި ހުށައަޅާ ފޯމާއި މުބާރާތުގެ ގަވައިދު ކުޅުދުއްފުށީ މޮޓޯސްގެ ފޭސްބުކް ޕޭޖުން ޑައުންލޯޑް ކުރެވޭނެއެވެ.

ކުޅުދުއްފުށީ މޮޓޯސް އިން ވަނީ މީގެ ކުރިން މީގެ ހަތަރު މުބާރާތެއް ބާއްވާފައެވެ. އެންމެ ފަހުން ބޭއްވި މުބާރާތުގައި 27 ފަރާތަކުން ބައިވެރި ކަމަށް ޖައުފަރު ވިދާޅުވި އެވެ.