ސަލްމާންގެ "ދަ-ބަންގް" ޓުއާ ފަށާނީ ހޮންކޮންގުން
ސަލްމާންގެ "ދަ-ބަންގް" ޓުއާ ފަށާނީ ހޮންކޮންގުން

ސަލްމާން ހާން ވޯލްޑް ޓުއާ "ދަ-ބަންގް" އިއުލާން ކުރި ފަހުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ފޭނުން އަންނަނީ ކެތްތެރި ކަމެއް ނެތި އިންތިޒާރު ކުރަމުންނެވެ.

ޓްއާގައި ސަލްމާނާ އެކު ބައިވެރިންނާ ފަންނާނުންނާ އެކު، ވަރަށް ބުރަކޮށް ޕްރެކްޓިސް ޖައްސަމުން އަންނަ އިރު، "ދަ-ބަންގް" ޓުއާގެ ފުރަތަމަ ޝޯ އޮންނާނީ އަންނަ އާދީއްތަ ދުވަހު ހޮންކޮންގްގަ އެވެ.

އޭގެ ފަހުން ދެން ދާނީ މި މަހުގެ 21 ވަނަ ދުވަހު ނިއުޒިލަންޑަށެވެ. އެ ގައުމުގައި ބާއްވާ ޝޯ އޮންނަކީ އޯކްލަންޑް ސިޓީގަ އެވެ.

އޭގެ ފަހުން ޓުއާގެ ބައިވެރިން ދެން މިސްރާހު ޖަހާނީ އޮސްޓްރޭލިއާށެވެ. އެގޮތުން އެ ގައުމުގެ ދެ ސިޓީއެއްގައި ޝޯތައް ދޭނެ އެވެ. ސިޑްނީގައި ޝޯ އޮންނާނީ 22 ގަ އެވެ. މެލްބަންގައި ޝޯ އޮންނާނީ 23 ގަ އެވެ.

ޓުއާގެ ޓިކެޓްތައް މިހާރު އަންނަނީ ވަރަށް ބާރަށް ވިކެމުންނެވެ.

"ދަ-ބަންގް" ޓްއާގައި ސަލްމާނާ އެކު ބައިވެރިވާ ފަންނާނުންގެ ތެރޭގައި ބަތަލާ ސޮނާކްޝީ ސިންހާ، ޑޭތީ ޝާހް، ބިޕާޝާ ބާސޫ، ނެށުންތެރިޔާ/ޑައިރެކްޓަރު ޕްރަބޫވޭދާ، ކުޅަދާނަ ރެޕާ ބާދްޝާހް އަދި މަޝްހޫރު ހޯސްޓް މަނީޝް ޕޯލް ހިމެނެ އެވެ.

ސަލްމާންގެ މި ފަހަރުގެ ޓުއާގައި އޭނާގެ ފިލްމުތަކުން ފާހަގަކޮށްލެވޭ މަޝްހޫރު އެތައް ލަވައަކަށް ޕަފޯމް ކުރާނެ އެވެ.