ރާއްޖޭގެ މަޝްހޫރު ކުންފުންޏެއް
ކަމަށްވާ ސްވެންސް ހޯލްޑިންގްސްއިން އެ ކުންފުނީގެ ހަތް ވަނަ ބްރޭންޑް،
"ހާމަނީ ގާޑަން ރެސްޓޯރަންޓް" ހުޅުވައިފި އެވެ.

ހުކުރު ދުވަހުގެ ރޭ، ޒުވާން ފަންނާނުންގެ ހުށަހެޅުންތަކާ އެކު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މި
ރެސްޓޯރަންޓް ރަސްމީކޮށް ހުޅުއްވައިދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އެވެ. 

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަނީ ގާޑަން ހުޅުއްވައިދެއްވުމަށް ފަހު، ސްވެންސް ހޯލްޑިންގްސްގެ އިސްވެރިންނާ އެކު.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހާމަނީ ގާޑަން ހުޅުއްވައިދެއްވުމަށް ފަހު، ސްވެންސް ހޯލްޑިންގްސްގެ އިސްވެރިންނާ އެކު.

ހަބޭސް ބޮޑުބެރު، ސޯލް ސަލްދާ، ސްކައިރޮކް، ޑިޓިއުން އަދި ޒަދާސިސްގެ ހުށަހެޅުންތަކާ އެކު މާލޭގެ މަޖީދީ މަގުގައި ހުޅުވި މި
ރެސްޓޯރަންޓަކީ މިއުޒިކް ކުޅެވޭނެ ލައިވް ސެޓަޕާ އެކު ރާއްޖޭގައި ހުޅުވި
ފުރަތަމަ ރެސްޓޯރަންޓެވެ. މި ތަން ފަރުމާކޮށްފައި ވަނީ ޖެންޒީ ޒުވާނުންނަށް
ކަމުދާނެ ތަފާތު ކޮންސެންޕްޓެއްގަ އެވެ. އަދި މި ތަނަކީ މިއުޒިކަށް ލޯބިކުރާ
މީހުންނާއި، އެކި ގައުމުތަކުގެ ތަފާތު މީރު ރަހަތަކުގެ ކެއުންތަކަށް
ޝައުގުވެރިވާ މީހުންނަށް ކަމުދާނެ ތަނެކެވެ.

ހާމަނީ ގާޑަން ހުޅުވުމުގެ ރަސްމިއްޔާތުގައި ފަންނާނުން ޕަފޯމްކުރަނީ

ހާމަނީ ގާޑަން ހުޅުވުމުގެ ރަސްމިއްޔާތުގައި ފަންނާނުން ޕަފޯމްކުރަނީ

ސްވެންސް ހޯލްޑިންގްސްގެ  އޯނަރު އާދަމް ފިރުޝާން ވިދާޅުވީ އުއްމީދަކީ މި ތަނަކީ ޒުވާނުން އެއްވުންތަކާއި، ކޮފީ އަދި
ކެއުންތަކުގެ އިތުރުން ލައިވް އެންޓަޓެއިންމަންޓް އިވެންޓްތަކަށް ހާއްސަ މަގުބޫލުތަނަކަށް ވާނެ ކަމަށެވެ. 

ސްވެންސް ހޯލްޑިންގސްއިން ބުނީ މި ރެސްޓޯރަންޓުން ކުރިއަށް އޮތް ތަނުގައި ގަވާއިދުން ލައިވް މިއުޒިކް ނައިޓްތަކާއި، މުނިފޫހިފިލުވުމުގެ ތަފާތު ހާއްސަ އެކި
ހަރަކާތްތަށް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ. ސްވެންސް ހޯލްޑިންގްސްއިން ބުނީ
އެ ކުންފުނީގެ އަމާޒަކީ ހާމަނީ ގާޑަންގައި ލޯކަލް މިޔުޒިކީ ފަންނުވެރިންގެ ހުނަރު
ދައްކާލާނެ ޕްލެޓްފޯމެއް ހޯދައިދީ، އެ ފަރާތްތަކުގެ ހުނަރު ތަރައްގީކުރުމުގެ
ފުރުސަތު ހޯދައިދިނުން ކަމަށެވެ.

މި ރެސްޓޯރަންޓް ހުންނަނީ މަޖީދީ
މަގު، އާޓިފިޝަލް ބީޗާ ދިމާލުގަ އެވެ.