ތަފާތު ކޮންސެޕްޓެއްގައި ވިލާ ކޮލެޖުން ބާއްވާ އޯޕަންޑޭ ހަރަކާތް "ކެމްޕަސް ކުއެސްޓް: ކޮމިކް އެޑިޝަން 2026" މާދަމާ ފަށަން ހަމަޖައްސައިފި އެވެ. 

މި ހަފްތާގެ ބަންދު ދެ ދުވަހު ހަވީރު 4 އިން ރޭގަނޑު 10 އަށް ވިލާ ކޮލެޖުގެ ކިއުއައި ކެމްޕަހުގައި އޮންނަ އެ ހަރަކާތަކީ ތައުލީމާއި ގޭމިން އަދި ޕޮޕް ކަލްޗާ އެއް ފުރާޅެއްގެ ދަށަށް ގެނެސްދޭނެ ހަރަކާތެކެވެ. 

ވިލާ ކޮލެޖު "ކެމްޕަސް ކުއެސްޓް"ގައި ބައިވެރވުމަށް ވިލާ ކޮލެޖަށް ވަންނަ ހިސާބުން ކޮންމެ ބައިވެރިއަކު ވެސް ބަދަލު ވާނީ "ހީރޯ"އަކަށެވެ. ކޮންމެ "ހީރޯ"އަކަށް ވެސް ވެބް އެޕް މެދުވެރިކޮށް "ޑިޖިޓަލް ހީރޯ ޕާސްޕޯޓެއް" ލިބޭނެ އެވެ.

އެ "ކެމްޕަސް ކުއެސްޓު"ގައި ކޮލެޖުގެ އެކި ފެކަލްޓީތަކަށް ހާއްސަކޮށްފައިވާ ޒޯންތަކަށް ގޮސް އެތަންތަނުގައި ހުންނަ ޗެލެންޖުތައް ފުރިހަމަކޮށް ކިއުއާރު ކޯޑް ސްކޭން ކުރުމުން ޕާސްޕޯޓަށް ޑިޖިޓަލް ސްޓޭމްޕެއް ލިބޭނެ އެވެ. އަދި އޭގެ ތެރެއިން ހުރިހާ ސްޓޭމްޕެއް ހަމަކުރާ ފަރާތްތަކުގެ މެދުގައި ހާއްސަ ލަކީޑްރޯއެއް އޮންނާނެ އެވެ. 

އެ ފެސްޓިވަލްގައި ވިލާ ކޮލެޖުގެ ކިޔަވައިދޭ ދާއިރާތައް ފެންނާނީ މުޅިން ތަފާތު
ތީމްތަކަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ: 

  • ގާސިމް އިބްރާހިމް ސްކޫލް އޮފް ބިޒްނަސް: އެމި ސްޓޯލްގެ "އަލްޓިމޭޓް ހީރޯ
    ސީއީއޯ" ޗެލެންޖުގައި ބައިވެރިވެ ވިޔަފާރީގެ ހުނަރު ދައްކާލެވޭނެ އެވެ. 

  • ފެކަލްޓީ އޮފް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ: އެ ސްޓޯލުން ޓްރާންސްފޯމާސް ތީމަށް އޭއައި
    ކޯޑިން އާއި 3ޑީ ޕްރިންޓިންގ އަދި ސްމާޓް ހޯމް ޓެކްނޮލޮޖީގެ ތަޖުރިބާ ކުރެވޭނެ އެވެ. 
  • ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ: އެމި ސްޓޯލްގައި ގޮތަމް ސިޓީ ތީމަށް "ލައިވް މޫޓް ކޯޓް"
    އެއްގައި ބެޓް މޭން އަދި ފިހާރަވެރިޔާގެ ފަރާތުން ވަކާލާތު ކުރުމުގެ
    ފުރުސަތު ލިބޭނެ އެވެ. 
  • ފެކަލްޓީ އޮފް ހެލްތު ސައިންސަސް: އެވެންޖާސް މީޓްސް ގްރޭސް
    އެނެޓޮމީ ތީމަށް "ލެވަލް 5 އައުޓްބްރޭކް"އެއް ފެތުރުމާއެކު
    ހިނގަމުންދާ ކަންތައްތަކުގައި ބައިވެރިވުމުގެ ފުރުސަތު އެ ސްޓޯލުން ލިބޭނެ އެވެ. 
  • ފެކަލްޓީ އޮޕް އެޑިއުކޭޝަނަލް ސްޓަޑީސް: ކާޓޫން ނެޓްވޯކް
    ކެރެކްޓަރުންނާ އެކު ކުޅެވޭ "ކްލާސްރޫމް ކްރައިސިސް" ޓީޗިން ގޭމެއްގައި ބައިވެރިވުމުގެ ފުރުސަތު އެތަނުން ލިބޭނެ އެވެ.
  • ސްކޫލް އޮފް ސައިކޮލޮޖީ އަދި ވީކެއަ ސައިކޯތެރަޕީ
    ސެންޓަ: ކްރައިމް ކޭސް
    އެއް ހައްލުކުރުމާއި ރައްދުވާ ފަރާތް ހޯދުމުގެ ފުރުސަތު އެ ސްޓޯލުން ލިބޭނެ އެވެ. 

މީގެ
އިތުރުން އެވަޓާ ގެ ދުނިޔެއިން
"ޕެންޑޯރާ އެޑިއުކޭޝަން ވޯލްޑް"އަށް ދަތުރު ކުރާއިރު، ޗައިނީޒް
ސެންޓަރުން ކަން ފޫ ޕެންޑާ އާއެކު ޗައިނާގެ ސަގާފީ ހަރަކާތްތައް ފެންނާނެ އެވެ.

އެ ހަރަކާތުގައި އެންމެ ބޮޑު ގޭމިން ކޮމިއުނިޓީ "ދިރާގު ގޭމާސް ގިލްޑް" އާ ގުޅިގެން އެ ފެސްޓިވަލްގައި ބޮޑު އީ-ސްޕޯޓްސް ޒޯނެއް ހުންނާނެ އެވެ. އަދި އެތަނުގައި ޕީއެސް5 އާއި ވީއާރް އަދި
ރޭސިން ސިމިއުލޭޝަން ގޭމްތައް ކުޅުމުގެ ފުރުސަތު ލިބޭނެ އެވެ. އަދި ޑީއެންޑީ މޯލްޑިވްސްގެ ފަރާތުން ކުރިއަށް
ގެންދާ ޑަންޖަންސް އެންޑް ޑްރެގަންސް ގޭމް ސްޓޯލެއް ވެސް އެތަނުގައި ހުންނާނެ އެވެ. 

އެ އިވެންޓްގެ
މެއިން ސްޓޭޖުގެ އެންމެ ފޯރިގަދަ ހަރަކާތަކަށް އޮންނާނީ "ކޮސްޕްލޭ ރޭމްޕްވޯކް" އެވެ. އެގޮތުން ތިމާއަށް އެންމެ ކަމުދާ ކެރެކްޓަރެއްގެ ސިފައިގައި
ބައިވެރިވެ، އެލް މޮބައިލްއިން ހުށަހަޅާ އަގުހުރި އިނާމުތައް ހޯދުމުގެ ފުރުސަތު އެ ހަރަކާތުގެ ތެރެއިން ވަނީ ހުޅުވާލައިފަ އެވެ. މީގެ އިތުރުން ލައިވް މިއުޒިކާއި
ދަރިވަރުންގެ ޓެލެންޓް ޝޯ ވެސް ކުރިއަށް ދާނެ އެވެ.

ދެ
ދުވަހަށް ދެމިގެންދާ އެ ހަރަކާތުގައި ބައިވެރިވާ ފަރާތްތަކަށް ކެއިންބުއިމާއި
ތަފާތު ވެންޑަރުންގެ ހިމެނޭ ޒޯނެއް ވެސް ހުންނާނެ އެވެ. އަދި ކެއުމާއި ބުއިމުގެ ހިދުމަތް ދިނުމަށް މޫ ކިޗަން އާއި ކޭކްޑްއެމްވީ އާއި ކޮފީ ސްޓޭޓް އަދި ކްރަމްބްސްއެންކޯ ހަރަކާތްތެރިވާނެ އެވެ.

އޭގެ އިތުރުން ހުނަރުވެރި މަސައްކަތްތަކާއި މަޝްހޫރު ބްރޭންޑްތައް ފެނިގެންދާ
ވެންޑާ ސްޓޯލްތަކުގެ ތެރޭގައި ޑެއިޒީސް އާއި އެނިމޭކަލެކްޓްއެމްވީ އާއި ކޮސްޕްލޭޔާސް
ސްޓޯލް އާއި ނޯޓް ކޮސްމެޓިކްސްގެ އިތުރުން އެލް މޮބައިލްގެ ސްޓޯލްތައް ހިމެނެ އެވެ.

އެ ހަރަކާތަކީ ތަފާތު މާހައުލެއްގައި ވިލާކޮލެޖުން ލިބެން ހުރި
ތައުލީމީ ފުރުސަތުތައް ދައްކުވައިދީ އާންމު ފަރާތްތަކަށް ވިލާ ކޮލުގެ ކެމްޕަހާއި
ވަސީލަތްތައް ތަޖުރިބާ ކޮށްލުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

އެ ހަރަކާތުގައި މޭ 2026 ގެ
އިންޓޭކަށް ކޯހަކަށް ވަންނަން ބޭނުންވާ ދަރިވަރުންނަށް އިވެންޓްގެ ތެރެއިން
ވަގުތުން ފޯމުލައި، ވަގުތުން ކޯހަށް ހޮވުނު ކަމުގެ "އޮފާ ލެޓާ" ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިފަ އެވެ.

އޭގެ އިތުރުން
ކެރިއާ ގައިޑެންސް ދިނުމާއި ކެރިއާ އެސެސްމެންޓް ހެދުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފަ އެވެ.  އަދި ނަފްސާނީ ދުޅަހެޔޮ ކަމަށް ޚާއްސަ
ސްޓޯލެއް ވެސް އެ ހަރަކާތުގެ ތެރޭގައި ހުންނާނެ އެވެ. 

އެ ހަރަކާތް ކުރިއަށް ދާނީ ހުކުރު އަދި ހޮނިހިރު ދުވަހު ހަވީރު 4 އިން ރޭގަނޑު 10 ޖަހަންދެނެވެ.