16 ޖޫން 2016 - 12:45

އެމްޓީސީސީގެ ޑިރެކްޓަރުންގެ ބޯޑުން ވަކިކޮށް މީގެ ތިން ދުވަސް ކުރިން ސްޓެލްކޯގެ ޗެއާމަންކަމުގެ މަގާމަށް ހަމަޖެއްސި ސިނާން އަލީ، އެ މަގާމުން ވަކިކޮށް އަނެއްކާ ވެސް އެމްޓީސީސީގެ ބޯޑަށް ހަމަޖައްސައިފި އެވެ.
މިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ޔަގީންކޮށްދިން ނަމަވެސް ސިނާނު އަލުން ބޯޑަށް ހަމަޖެއްސި ސަބަބެއް އެތަނަކުން ނުބުނެ އެވެ.
ސަރުކާރުގެ ބޮޑެތި ކުންފުނިތަކަށް މި ފަހުން ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން އެމްޓީސީސީގެ ސީއީއޯގެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް އަބްދުއްރައްޒާގް ހަލީމް، މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)ގެ މެނޭޖިން ޑިރެކްޓަރަކަށް ބަދަލު ކުރެއްވި އިރު އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ނަޒީމް ވަނީ މަގާމުން ވަކިކޮށްފަ އެވެ.
އަދި އެސްޓީއޯގެ ސީނިއާ ޖެނެރަލް މެނޭޖަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ޒިޔަތު ފަހުން ވަނީ އެމްޓީސީސީގެ ސީއީއޯގެ މަގާމަށް ހަމަޖައްސާފަ އެވެ.