އޯލެވެލް އިމްތިހާނުން އެއްވަނަ ދެވަނަ އަދި ތިންވަނަ ލިބޭ
ދަރިވަރުންނަށް ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގެ ސްކޮލަޝިޕްތައް މެދުވެރިކޮށް ހިލޭ ކިޔެވުމުގެ ފުރުސަތު މި އަހަރު ވެސް ހޯދޭނެ ކަމަށް އެ ސްކޫލުން ބުނެފި އެވެ. 

ވިލާ އިންޓަނޭޝަނަލް ސްކޫލުން ބުނީ އެ ދަރިވަރުންނަށް ގާސިމް އިބްރާހިމް ސްކޮލާޝިޕް ފޯ އެކްސެލެންސްގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އޭގެ އިތުރުން މިހާރު ބްރިލިއަންސް ސްޓޫޑަންޓް ސްކޮލާޝިޕް އަދި ސްޕޯޓްސް
ސްކޮލާޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށް ވެސް ބުންޏެވެ. 

ބްރިލިއަންސް
ސްޓޫޑަންޓް ސްކޮލަޝިޕަކީ ކިޔެވުމުގެ ނަތީޖާއަށް ބަލައި، ކަނޑައެޅިފައިވާ
އުސޫލުތަކުގެ ދަށުން ދަރިވަރުންނަށް ޓިއުޝަން ފީގެ އިނާޔަތްދޭ ސްކޮލާޝިޕެކެވެ. ސްޕޯޓްސް ސްކޮލާޝިޕަކީ ކުޅިވަރުގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ
ކާމިޔާބީތައް ހޯދާފައިވާ ދަރިވަރުންނަށް  ޓިއުޝަން
ފީގެ އިނާޔަތްދޭ ސްކޮލާޝިޕެކެވެ.

ވިލާ ހައި ސްކޫލުން ބުނި ގޮތުގައި އެ ސްކޮލާޝިޕްތަކުގެ މައިގަނޑު މަގުސަދަކީ ހުނަރުވެރި އަދި ހީވާގި ދަރިވަރުންގެ މަސައްކަތްތައް
ބަލައިގަނެ، އެ ކުދިންގެ ތައުލީމީ ދަތުރުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. މިއީ އެ ދަރިވަރުންގެ ކިބައިގައިވާ ފުރިހަމަ ގާބިލިއްޔަތު ދަނެގަނެ، ކުރިމަގު އުޖާލާކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ދޭ ފުރުސަތުތަކެއް ކަމަށް ވެސް ބުންޏެވެ. 

ވިލާ ހައި އިންޓަނޭޝަނަލް ސްކޫލްގެ ސްކޮލާޝިޕް ފުރުސަތުތަކަށް އެޕްލައި ކުރަން ޖެހޭނީ އޯލެވެލް ނަތީޖާ ލިބުމުން ޕްރީ އެޕްލިކޭޝަން
އަޕްޑޭޑް ކުރާއިރުގަ އެވެ. ޝަރުތު ހަމަވާ ސްކޮލާޝިޕްގައި ފާހަގަ ޖަހެމުން
އެޕްލައި ކުރެވޭނެ އެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލަކީ ރާއްޖޭގައި އޭލެވެލްގެ އެއްމެ ގިނަ މާއްދާތައް އޮފާ ކުރާ އަދި ވަށައިޖެހޭ ތައުލީމެއް ފޯރުކޮށްދޭ ސިންގަލް
ސެޝަން ހައި ސްކޫލެވެ. މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުން ރާއްޖެ އިން އެއްމެ
ގިނަ ދަރިވަރުން ގަދަ 10ގައި ހިމެނިފައިވާ ސްކޫލަކީ ވެސް ވިލާ އިންޓަނޭޝަނަލް ހައި
ސްކޫލެވެ.

ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުގައި
މި އަހަރުގެ ދިރާސީ އަހަރު ކިޔެވުމަށް އެޕްލިކޭޝަން ހުށައެޅުމުގެ ފުރުސަތު މި މަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.