ރާއްޖޭގެ ޓޫރިޒަމް ކުރިއަރުވާ، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑަށް އިތުރު ހަތަރު މެމްބަރުން އައްޔަންކޮށްފި އެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ)އިން މިއަދު ވަނީ ވިޒިޓް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރި ހަތަރު މެންބަރުން އެ މަގާމަށް އައްޔަންކޮށްފައިވާކަން އިއުލާންކޮށްފަ އެވެ.
ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކުރި ހަތަރު މެމްބަރުން
- ކ. ތުލުސްދޫ / ވިލަރެސް، ހުދާ ފަހީމް
- ރ. ރަސްގަތީމް / ރަސްވެލި، އާއިޝަތު މަލްހާ
- މއ. ރިހިރާޅު، އަލީ ސިނާން
- މ. ވާރޭވިލާ، އާއިޝަތު އަލީ
ވިޒިޓް މޯލްޑިވްސްގެ ބޯޑުގައި މިހާރު ތިއްބަވަނީ ކުންފުނީގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ރިޔާޒާއި ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ އާއި ނަން-އެގްޒެކެޓިވް މެންބަރުންގެ ގޮތުގައި މާހާ ނަސީރާއި އާމިނަތު ވުލާއު މުހައްމަދު ނާޒިމާއި އަބްދުލްސަމީއު އިމާދާއި އާއިޝަތު ހަމީދާއި ސަބީހާ އަހުމަދެވެ.