ސެލީނާ ގޮމޭޒް އޮގަސްޓްގައި ކައިވެނި ކުރަނީ
ސެލީނާ ގޮމޭޒް އޮގަސްޓްގައި ކައިވެނި ކުރަނީ

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ސެލީމާ ގޮމޭޒްގެ ލޯބީގެ ވާހަކަތަކަކީ އަބަދު ވެސް ނޫސްތަކުގެ ފަލަ ސުރުހީތަކުގައި ދެކެވެމުން އަންނަ ވާހަކަތަކެވެ. އެއް ދުވަސްވަރެއްގައި އޭނާ އާއި ޖަސްޓިން ބީބާ ވެސް މޮޔަވެގެން އުޅުނު ޒަމާނެއް ދިޔަ އެވެ.

ސެލީނާ ގޮމޭޒް އޮގަސްޓްގައި ކައިވެނި ކުރަނީ
ސެލީނާ ގޮމޭޒް އޮގަސްޓްގައި ކައިވެނި ކުރަނީ

މިހާރު އަނެއްކާ ވެސް އޭނާގެ ލޯބީގެ އާ ވާހަކައެކެވެ.

މި ފަހަރު ކެނެޑާގެ ލަވަ ކިޔުންތެރިޔާ އަބެލް މެކޮނެން ނުވަތަ މަޝްހޫރު ނަމުން ނަމަ ދަ ވީކެންޑާއި ސެލީނާ އުޅެނީ ވަރަށް ސީރިއަސްކޮށް ރައްޓެހިވެގެންނެވެ. އަދި ކައިވެންޏާ ދޭތެރޭ ވެސް ދެ މީހުން އަންނަނީ ސީރިއަސްކޮށް ވިސްނަމުންނެވެ.

މި ދެ މީހުންގެ ގުޅުމުގެ ވާހަކަތަކަށް މި ފަހަކަށް އައިސް މީޑިއާތަކުގެ ފަލަ ސުރުހީތަކަށް އަރަން ފެށީ، ދެ މީހުން އެކުގައި މާ ގިނައިން ފެންނާތީ އާއި ވީކެންޑް މިހާރު ކުރިއަށް ގެންދާ ޓުއާ "ސްޓަބޯއި: ލެޖެންޑް އޮފް ދަ ފޯލް 2017 ވޯލްޑް ޓުއާ" ގެ ތެރެއިން ސެލީނާ މިހާރު މާ ގިނައިން ފެންނާތީ އެވެ.

އެ ދެ މީހުން ވަރަށް ގައިގޯޅިކޮށް ތިއްބައި ނަގާފައިވާ ފޮޓޯތަކެއް ވެސް ދާދި ފަހުން ވަނީ ދައުރުވެފަ އެވެ.

އިންޓަޗް މެގަޒިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި ސެލީނާ، 24، ވީކެންޑް، 27، މިހާރު ވަނީ އަންނަ އޮގަސްޓް މަހުގެ ތެރޭގައި ކައިވެނި ކުރަން ނިންމައިފަ އެވެ. އެހާތަނަށް ވީކެންޑްގެ ޓުއާ ވެސް ނިމުމަކަށް އަންނާނެ އެވެ.

އެ ދެ މީހުންގެ ގާތް މީހަކާ ހަވާލާދީ އެ މެގަޒިނުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޓުއާ ނިމުމަމާ އެކު ކައިވެނި ކުރަން، ސެލީނާ ވަނީ ވީކެންޑްގެ ކައިރިން އެދިފަ އެވެ.

އަދި ރައްޓެހިވެގެން އެހާ ގިނަ ދުވަހު އުޅުމުގެ ބަދަލުގައި މިހާރު ސެލީނާ ބޭނުން ވަނީ ކައިވެނިކޮށްގެން، ސީރިއަސްކޮށް ދިރިއުޅޭށެވެ.

"ސެލީނާ މިހާރު ވަނީ ލާނެ ވެޑިން ޑްރެސްއެއް ވެސް ނިންމާފައި،" އިންޓަޗަށް ވާހަކަ ދެއްކި މީހާއާ ހަވާލާދީ ބުނެފައިވެ އެވެ.