އިއްޔެ އަވަހާރަވި ގ. އާކަކާގޭ ހަފްސާ
ހިލްމީގެ މައްޗަށް ޣައިބަށްކުރެވޭ ކަށުނަމާދު މިއަދުގެ އަސްރު ނަމާދަށް ފަހު ފުރްގާން
މިސްކިތުގައި އޮންނާނެ އެވެ.

އުމުރުން 89 އަހަރުގައި ހަފްސާ
އަވަހާރަވީ ސިންގަޕޫރުގަ އެވެ. އޭނާ ހަޔާތުގެ ވަރަށް ބޮޑުބައެއް ހޭދަކުރެއްވީ އެ
ގައުމުގަ އެވެ.

ހަފްސާ އަކީ، ރާއްޖޭގެ ކުރީގެ
ރައީސުލްޖުމްހޫރިއްޔާގެ ނާއިބް އަދި ވިޔަފާރިވެރިޔާ ކޮލިގޭ އަލީ އުމަރު މަނިކު
(ކޮލި އަލިމަނިކު) ހުވަފަތް އަނބިކަނބަލުންނެވެ. އަލިމަނިކަކީ ރާއްޖޭގެ މި
ޒަމާނުގެ ތަރައްގީ އާއި ވިޔަފާރީގެ ކުރިއެރުމުގެ ބޮޑު ހިއްސާދާރެކެވެ.

ހަފްސާ އަކީ، ރައީސް މުހައްމަދު
އަމީނުގެ ވެރިކަމުގައި މަދަރަސަތުލް ސަނިއްޔާގެ އަންހެން ގޮފި އުފައްދަވައި
އަންހެން ކުދިންނަށް ޒަމާނީ ތައުލީމު ދެއްވަން ފެއްޓެވި އިރު އެ ފުރުސަތު އެންމެ
ފުރުސަތު ލިބިވަޑައިގެންނެވި ބެޗުގައި ހިމެނިވަޑައިގެންނެވި ބޭފުޅެކެވެ.

ހަފްސާގެ ބައްޕައަކީ، ރާއްޖޭގެ ސިޔާސީ
ދާއިރާ އާއި ހާރިޖީ ދާއިރާގައި ހަރަކާތްތެރިވެވަޑައިގެންނެވި ކަކާގޭ އިބްރާހީމް
ހިލްމީ ދީދީ އެވެ. އެއްބަފާ ބޭފުޅުންގެ ތެރޭގައި ހީ އެންޑް ޝީގެ ފައުންޑާ ހަނީފާ
ހިލްމީ ހިމެނެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު އެކްސްގައި
ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަފްސާ އަކީ ރާއްޖެ ގެނެވުނު އިސްލާހީ
ބަދަލުތަކުގެ ނުހަނު ބޮޑު ބައިވެރިއެއް ކަމަށެވެ.

"އަބަދުމެ އަޅުގަނޑަށް ހެޔޮ ލަފަޔާއި،
ނަސޭހަތް ދެއްވި ބޭފުޅެއް (އެއީ)،"