ހުޅުމާލެ ހިޔާ އަދި ވިނަރެސް ފްލެޓުތަކުގެ ބައެއް ޓަވަރުތަކުން މިއަދު ކަރަންޓު ކެނޑިއްޖެ އެވެ.

މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތް ދޭ ސްޓެލްކޯ އިން ބުނީ ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލެ 2 ގެ ހިޔާ އަދި ވިނަރެސް ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.

ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތައް:

  • ހިޔާ ޓަވަރު 5، 6، އަދި 7

  • ވިނަރެސްގެ 10 ޓަވަރު
  • އަމާން ދޯދި 12، 13، 14، 15، އަދި 16
  • އަމާން އުދަރެސް 5، އަދި 6
  • އެމްޕީއެލް ޓަވަރުތައް

މި މައްސަލަ ދެނަގަނެ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

"ދިމާވާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯ އިން ބުންޏެވެ. 

އެމްޕީއޭލް އާއި ފަހި ފެލްޓުތަކުގެ ބައެއް ޓަވަރުތަކުން ވެސް ކަރަންޓުގެ ހިދުމަތް މެދުކަނޑިފައިވާ ކަމަށް އާންމުންގެ މީހުން ސޯޝަލް މީޑިއާގައި ބުނެފައިވެ އެވެ.